ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ރަނިންމޭޓަކަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. އަމީން އިބްރާހިމް ހަމަޖައްސައިފިއެވެ.
ގާސިމްގެ އުތުރު ކެމްޕެއިން މެނޭޖަރު ކަން ވެސް ކުރައްވަމުން ގެންދަވާ އަދި ޖޭޕީގެ ހަތަރު ޑެޕިއުޓީ ލީޑަރުންގެ ތެރެއިން އެންމެ އިސް އެއް ޑެޕިއުޓީ ލީޑަރު އަމީން ރަނިންމޭޓެއްގެ ގޮތުގައި ހަމަޖެއްސިކަން އިއުލާންކޮށްފައިވަނީ މިއަދުއެވެ.
އިނގިރޭސިވިލަތުން ޑޮކްޓަރޭޓް ޑިގްރީ ހާސިލުކުރައްވާފައިވާ އަމީން ވަނީ މެލޭޝިޔާގެ އިސްލާމިކް ޔުނިވާސިޓީން މެނޭޖްމަންޓް ރޮނގުން މާސްޓާޒް ހާސިލް ކުރައްވާފައެވެ. އަދި އޮސްޓްރޭލިއާ އިން ވެސް ހަމަ އެ ރޮނގުން ތައުލީމު ހާސިލުކުރެއްވި އަމީން އަކީ ގާސިމްގެ އަރިހުގައި އެންމެ ގިނަ ދުވަހު ސިޔާސީ މަސައްކަތްޕުޅުގައި އުޅުއްވި އެންމެ އިތުބާރު ކުރެވޭ އެއް ބޭފުޅާއެވެ.
ގާސިމް އިބްރާހީމްގެ ކެމްޕެއިންގައިވެސް އިސްކޮށް އުޅުއްވާ އަމީން ވަނި ރިޔާސީ އިންތިހާބަށް ޕާޓީތަކާއެކު ޖޭޕީން ކުރިއަށް ގެންދެވި މަޝްވަރާތަކުގައިވެސް އިސްކޮށް ހަރަކާތްތެރިވެފައެވެ.
ގާސިމް އިބްރާހިމް، އަލީ ވަހީދާ ބައްދަލު ކުރައްވައިފި ސަސްޓެއިނަބަލް “ހެލްތު ސްކީމެއް” ޤާއިމް ކޮށްދެއްވޭނީ ގާސިމް އިބްރާހިމްއަށް: ނިޝާމާ ގާސިމް އިބްރާހިމްގެ ކެމްޕެއިން ޓީމު ދެ އަތޮޅަކަށް ފުރައިފި އެތެރެއާއި ބޭރުގެ ދަރަނި މިވަނީ ނުރައްކާތެރި މިންވަރަކަށް އަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ