ގާސިމް، ގާނޫނޫ އަސާސީ މުގުރާ ނުލާނެކަމުގެ ޔަގީންކަން އަސްކަރިއްޔާއަށްވެސް އޮންނާނެ: އަލީ ވަހީދު

ގައުމީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހިމް ދިވެހިންގެ ގާނޫނޫ އަސާސީ މުގުރާ ނުލާނެކަމުގެ ޔަގީންކަން ސިފައިންނާއި ފުލުހުންނަށްވެސް އޮންނާނެ ކަމަށް އެމަނިކުފާނުގެ އިންތިހާބީ އެޖެންޓް އަދި ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އަލީ ވަހީދު މިފަދައިން ވިދާޅުވީ ގައުމީ ކެންޑިޑޭޓު ޤާސިމް އިބްރާހީމްގެ ކެމްޕެއިނަށް އއ. ހިމަންދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އަލީ ވަހީދު ވިދާޅުވީ މިހާރުވެސް ގައުމަށް ކަމެއް ދަމެއް ބޮޑުވެއްޖެނަމަ ހުރިހާ ރައްޔިތުންވެސް ބަލާނީ ގާސިމްވީ ކޮންތާކުތޯ ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ ހަޔާތުގައި ދެގޮތެއްނުވެ ހުރި ހަމައެކަނި މީހަކީ ގާސިމް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
މީގެ ކުރީގެ އެކި ސަރުކާރުތަކުގައި ސިފައިންނާއި ފުލުހުންގެ މައްޗަށް ގާނުނު އަސާސީއާ ހިލާފު ޣައިރު ގާނޫނީ އަމުރުތައް ކުރުމުގެ މައްސަލަތައްވަނީ ފެންމަތިވެފައެެވެ.
ފެބްރުއަރީ 7، 2012ގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގައި ނަޝީދުގެ ވެރިކަން ވެއްޓުނީވެސް މިފަދަ ޣައިރު ގާނޫނީ އަމުރެއް ސިފައިންނާއި ފުލުހުންގެމައްޗަށް ކުރުމުންކަމަށް އޭރު ވަނީ ގިނަ ފަރާތްތަކުންދިޔައީ ބުނަމުންނެވެ. އެދުވަހު ހިނގާ ދިޔަ ހަަމަނުޖެހުމަށްފަހު އޭގެފަހުން އެމްޑީޕީގެ ސަޕޯޓަރުންވަނީ ރާއްޖޭގެ އެކި ރަށްރަށުގެ ސަރުކާރުގެ އިމާރާތްތަކުގައި ހުޅު ޖަހާ ރޯކޮށްލާފައެވެ.
ޣައިރު ގާނޫނީ އަމުރަކާއި ގުޅިގެން ހިނގި މި ހާދިސާގެ ހުރިހާ ކަމެއް އޭގެ ޒާތުގައި މައިތިރިވެ ހަމައަކަށް އެޅުނީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަންމަނިކުގެ ވިސްފުޅުތޫނުކަމާއި ހިކުމަތްތެރިކަމުން ކަމަށް ސިޔާސީ މަސްރަހު ދިރާސާކުރައްވާ ބޭފުޅުން އަންނަނީ ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ