ތެލެސީމިއާ މީހުން އެންމެ ގިނައީ ނޫނުގައި، ނެތީ ވާވު ގައި

ރާއްޖޭގައި ތެލެސީމިއާ މީހުން އެންމެ ގިނައީ ނޫނު އަތޮޅުގައި ކަމަށާ ތެލެސީމިއާ މީހަކު ނެތީ ވާވު އަތޮޅުގައި ކަމަށް މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. 
އާބާދީގެ ނިސްބަތުން ތެލެސީމިއާ ކުދީން / މީހުން އެންމެ ގިނަ ގައުމަކީ ރާއްޖެ އެވެ. އެމްބީއެސް އިން ބުނި ގޮތުގައި މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ތެލެސީމިއާ ދަފުތަރުގައި 650 މީހަކު / ކުއްޖަކު ރަޖިސްޓްރީކޮށްފައިވެ އެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު އާބާދީގެ ނިސްބަތުން ތެލެސީމިއާ މީހުން އެންމެ ގިނައީ ނ އަތޮޅުގަ އެވެ. އެ އަތޮޅުގެ 13 ރަށެއްގައި ތެލެސީމިއާ މީހުން އެބަތިއްބެވެ. ޖުމްލަ 53 މީހަކު އެ އަތޮޅުން ދަފްތަރު ކުރެވިފައިވެ އެވެ.
ލ އަތޮޅުގައި ތެލެސީމިއާ މީހުން / ކުދީންގެ އަދަދު ހުރީ 43 ގަ އެވެ. ދެން އެންމެ ގިނައީ ފ އަތޮޅުގަ އެވެ. އެ އަތޮޅުގައި ތެލެސީމިއާ 18 މީހަކު އެބަތިއްބެވެ.
މި ހިސާބުތަކަށް ބަލާއިރު ވ. އަތޮޅުގައި ތެލެސީމިއާގެ އެއްވެސް މީހަކު ނެތެވެ.  ތެލެސީމިއާ މީހުން އެންމެ މަދީ މ. އަތޮޅުގަ އެވެ. އެ އަތޮޅުގައި ތިބީ ތިން މީހެކެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން ތެލެސީމިއާގައި  އެންމެ ގިނައީ 11 އަހަރާއި 20 އަހަރުގެ ކުދިންނާއި މީހުންނެވެ. މި އުމުރުފުރާގެ 215 ކުދިން ތިއްބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ