މިސްކިތުން ގެއަށް ދަނިކޮށް ޕިކަޕަކުން ޖެހި 82 އަހަރުގެ މީހަކު ސީރިއަސް ހާލަތުގައި

ބ. އޭދަފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިންގާ ދޮށީ އުމުރުގެ މީހެއްގެ ހާލު ސީރިއަސްވެ ފަރުވާ ދޭން ފަށައިފި އެވެ.
އެކްސިޑެންޓްވެ އަނިޔާވީ އޭދަފުށީ، ސީސަންގެ އަބޫބަކުރު އަބްދުالله އަށެވެ. އަބޫބަކުރުގެ އުމުރަކީ 82 އަހަރެވެ.
މިރޭގެ އެކްސިޑެންޓް ހިނގީ އަބޫބަކުރު، މަޣްރިބު ނަމާދު ނިމިގެން ގެއަށް ދަނިކޮށް ޕިކަޕެއްގެ ޖެހިގެންނެވެ. އެކްސިޑެންޓްވީ ޕިކަޕު ދުއްވަން އިންމީހާ ބަލަން ޖެހޭ ވަރަށް ނުބަލާ ދުއްވުމުންނެވެ.
އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނީ ޕިކަޕު ދުއްވި މީހާ އަކީ ގަވާއިދާ ހިލާފަށް ޕިކަޕު ދުއްވައިގެން މީގެ ކުރީން ވެސް ލައިސަންސް ހިފަހައްޓާފައިވާ މީހެއް ކަމަށެވެ.
އަބޫބަކުރުގެ ހާލު ދެރަ އެވެ. މިހާރު ވަނީ އޮޕަރޭޝަން ކުރަން ތިއޭޓަރުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ