ކުރިއަށް އޮތް ރޯދަމަހަށް ދިވެހި ދަނޑުވެރިންގެ އުފެއްދުންތަކަށް ހާއްސަ ވަގުތީ މާރުކޭޓެއް ހެދުމުގެ މަސައްކަތް ފަށައި، ރަށްރަށުގެ ދަނޑުވެރިންގެ އުފެއްދުންތައް ވިއްކުމު ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - އެގްރިކަލްޗާ މިނިސްޓްރީން ބުނިގޮތުގައި މިއީ ދިވެހި ދަނޑުވެރިން އުފައްދާ ތަކެތި މާލެ ގެނެސް ލުއިފަސޭހަ ގޮތެއްގައި ވިއްކުމުގެ އިންތިޒާމް ހަމަޖައްސައިދިނުމުގެ މަގްސަދުގައި ގާއިމުކުރާ މާރުކޭޓެކެވެ. މިނިސްޓްރީން ރަށްރަށުގެ ކައުންސިލްތަކަށް މިއަދު ފޮނުވާފައިވާ ސާކިއުލާގައި ވަނީ، މާރުކޭޓުގައި ތަކެތި ވިއްކުމުގެ ޝައުގުވެރިކަން ހުރި ދަނޑުވެރިންނާއި ގުޅިގެން މިމަހުގެ 29ގެ ކުރިން އެކަމަށް އެދި ފޯމު ހުށައަޅުމަށް އެދިފަ އެވެ.
ތަފްސީލް - މި ވަގުތީ މާރުކޭޓުގައި ތަކެތި ވިއްކުމާއި ބޭނުންކުރުމުގެ އުސޫލު ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ. އުސޫލުގައި ވާގޮތުން:
މާރުކޭޓަށް މުދާ ވެއްދޭނީ އަންނަ މަހުގެ 15 ވާ އާދިއްތަ ދުވަހުގެ ހަވީރު 4 އިން ފެށިގެން؛ ވިއްކާ ތަކެތީގެ ސައްހަ ރެކޯޑު މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެ
މި މާރުކޭޓުގައި ވިއްކޭނީ ހަމައެކަނި ރަށްރަށުން އުފައްދާ ރޯ މޭވާއާއި ތަރުކާރީގެ ބާވަތްތައް؛ ރިހާކުރުފަދަ ތައްޔާރީ އެއްވެސް ބާވަތެއް ނުވިއްކޭނެ
މާރުކޭޓުގެ ގޮޅިތަކުގައި ތަކެތި ވިއްކުމަށް ބިދޭސީންނެއް ނުބޭތިއްބޭނެ
ވިއްކާ ތަކެތި ގޮޅިން ބޭރުގައި ނުބެހެއްޓޭނެ؛ އެތަކެތި ބަހައްޓަންވާނީ ތަޅުންގަނޑުން ފެށިގެން ދެ ފޫޓު އުސް، ސާފުތާހިރު މޭޒެއް ފަދަ އެއްޗެއްގެ މަތީގައި
ތަޅުންގަނޑުމަތީގައި ބެހެއްޓޭނީ، ކުރުނބާ، ކާށި، ކަށިކެޔޮ، ކަރާ އަދި ބަރަބޯ ފަދަ ހަރު ތޮށިލީ ބާވަތްތައް އެކަނި
ވިޔަފާރި ނިންމުމަށް ފަހު އުފެދޭ ކުނި ޖަމާކުރަންޖެހޭނީ ކަނޑައެޅިފައިވާ ވަކި ސަރަހައްދަކަށް
ރޯދަމަހަށް ހުޅުވާ، މި ވަގުތީ މާރުކޭޓު ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ނަމާދު ވަގުތުތައް ފިޔަވައި، ހެނދުނު 8 އިން ރޭގަނޑު 11 އަށެވެ.
ރޯދައަށް ހާއްސަކޮށް ވަގުތީ މާރުކޭޓެއް؛ ގޮޅިތަކުގައި ތަކެތި ވިއްކަން ބިދޭސީންނަކަށް ނުތިބެވޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ