ސައުދީން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާ ކޮށްފި

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފިއެވެ.
މި ކަދުރު ރަސްމީކޮށް ވަނީ އިސްލާމިކް މިނިސްޓްރީއާ އިއްޔެ ހަވާލުކޮށްފައެވެ.
އެކަމަށް ބޭއްވި ރަސްމިއްޔާތުގައި ސަޢުދީގެ ފަރާތުން ކަދުރު ހަވާލުކޮށް ދެއްވީ އެ ގައުމުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލްގަހްތާނީއެވެ. މިނިސްޓްރީގެ ފަރާތުން ހަވާލުވެވަޑަައިގަތީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
ސައުދީގެ އިސްލާމިކް މިނިސްޓްރީން މީގެ ކުރިން އިސްލާމިކް މިނިސްޓްރީ އަށް 15 ޓަނުގެ ކަދުރު ވެސް ހަދިޔާކޮށްފައިވެއެވެ. އެ އެކި ދާއިރާތަކުގެ ފަރާތްތަކަށް މިނިސްޓްރީން ވަނީ ހަދިޔާކޮށްފައެވެ.
އާންމުކޮށް ސައުދީން ރާއްޖެއަށް 50 ޓަނުގެ ކަދުރު ދެމުން އައިސްފައި ވަނީ ކޮންމެ އަހަރެއްގެ ރޯދަ ދިމާކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ