މުޅިން އަލަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 39 ހޮސްޕިޓަލެއް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް އެބަދާ ކަމަށް ހެލްތް މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ގީލާ ވިދާޅުވީ، ސިއްޚީ ދާއިރާގެ 159 މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، އޭގެ ތެރޭގައި މުޅިން އަލަށް އިމާރާތްކުރެވޭ 39 ހޮސްޕިޓަލެއްގެ މަސައްކަތްވެސް ހިމެނޭކަމަށެވެ.
ސިއްޚީ ދާއިރާގެ އުމްރާނީ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކުގެ އިތުރުން، އިމާރާތްތައް ހިންގުމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ހޯދުމުގެ މުހިއްމުކަމުގެ މައްޗަށްވެސް މިނިސްޓަރު ގީލާ އަލި އަޅުވާލެއްވިއެވެ. ވަކިން ޚާއްސަކޮށް، މިވަގުތު ދިވެހިން ނެތް ދާއިރާތަކަށް ދިވެހިން ހޯދަން ޖެހޭކަމަށްވެސް މިނިސްޓަރު ގީލާ ވިދާޅުވިއެވެ.
މިނިސްޓަރު ގީލާ ވިދާޅުވީ، މިސަރުކާރުން ސިއްޚީ ދާއިރާ ކުރިއަރުވަން މިހާރު ކުރަމުންދާ މަސައްކަތްތައް ނިމުމާއެކު ސިއްޙީ ދާއިރާއަށާއި، އިޖުތިމާޢީ ދާއިރާއަށްވެސް ކުރިއެރުން އަންނާނެ ކަމަށް ފާހަގަކުރައްވާފައެވެ.
މުޅިން އަލަށް 39 ހޮސްޕިޓަލެއް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ: ގީލާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ