ރައީސްގެ ދެކަނބަލުން އުމްރާއަށް ފުރާވަޑައިގެންފި

ރައީސް މުހައްމަދު މުއިއްޒުގެ ދެކަނބަލުން އުމްރާގެ އަޅުކަމަށް މިއަދު ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފި އެވެ.
ތަފްސީލް - ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގެ މެހެމާންދާރީ އާއި ހުރިހާ ހަރަދެއް ހަމަޖައްސަނީ ސައުދީ ސަރުކާރުން ކަމަށެވެ.
މި ދަތުރުފުޅާ ގުޅޭ މި ހުރިހާ ކަމެއް މިދިޔަ ފެބުރުއަރީ މަހުގެ ކުރީކޮޅު ހަމަޖައްސާފައިވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
އެނގުން މުހިންމު - މީގެ ކުރިން ވެސް ރައީސްގެ ދެކަނބަލުން ވަނީ ސައުދީ ސަރުކާރުގެ ދައުވަތަކަށް އުމްރާއަށް ވަޑައިގެންފަ އެވެ. އެ ފަހަރު އެ ދެކަނބަލުންނާއި އަރިހުގައި ވަޑައިގަތް ސަރުކާރުގެ ވަފުދުން އުމްރާއަށް ވަޑައިގަތީ ސައުދީ ސަރުކާރުން ފޮނުވި ހާއްސަ މަތިންދާބޯޓެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ