އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި، ސަރުކާރު ހިންގާ ޕީއެންސީން ވާދަކުރާ ކެންޑިޑޭޓުން ކަނޑައަޅާ ޕްރައިމަރީ ކުރިއަށް ދަނީ ވަރަށް އޮމާންކޮށް ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
ވީކިހިނެއް؟ - ޕީއެންސީގެ ޕްރައިމަރީ ފެށީ މިއަދު ހެނދުނު 9 ޖެހިއިރު އެވެ. މިއަދު ހަވީރު 4 ޖަހަން ދެން ވޯޓުލުން ކުރިއަށް ދާނެ އެވެ.
ތަފްސީލް - ޕީއެންސީގެ ލޯކަލް ކައުންސިލް އިންތިހާބުގެ މެނޭޖަރު އަދި ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް 'ދައުރު'އަށް ވިދާޅުވީ މިހާތަނަށް ޕްރައިމަރީ ދަނީ ވަރަށް އޮމާންކޮށް ކަމަށެވެ.
ޕީއެންސީން ޕްރައިމަރީގައި ވޯޓުލާން ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ވެސް ފަލާހް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގާތްގަނޑަކަށް 21,000 މީހުން ވޯޓްލާނެ ކަމަށް ބެލެވޭ ކަމަށެވެ.
"ވަރަށް ބާރަށް ކުރިއަށް އެބަދޭ. ތަރުހީބު ވެސް ވަރަށް ބޮޑު. އަޅުގަނޑުމެން މި ބަލަނީ ގާތްގަނޑަކަށް މި ހުރި ދާއިރާތަކަށް 21,000 އެއްހާ މީހުން ވޯޓު ލާނެ ކަމަށް،" ފަލާހް ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ލުން އޮތީ 4 އޭޕްރީލްގަ އެވެ.
ޕްރައިމަރީ ދަނީ އޮމާންކޮށް ބާރަށް، 21،000 މީހުން ވޯޓުލާނެ: ޕީއެންސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ