އަލީބާބާއިން ޗައިނާ އަސްކަރިއްޔާއަށް އެހީތެރިވޭ: ވައިޓް ހައުސް

އެމެރިކާއާއި ދެކޮޅަށް ޗައިނާގެ އަސްކަރިއްޔާއިން ހިންގާ ހަރަކާތްތަކަށް ޗައިނާގެ އިންޓަނެޓް ވިޔަފާރި އަލީބާބާ އިން އެހީތެރިވާކަމަށް ބުނާ ވައިޓް ހައުސްއެއްގެ މެމޯއެއް ލީކުވެއްޖެއެވެ.
ފައިނޭންޝަލް ޓައިމްސްއިން ރިޕޯޓްކުރާ ގޮތުގައި އެމެރިކާގެ ޤައުމީ ސަލާމަތަށް ނުރައްކާވާ އޮޕަރޭޝަންތަކަށް އަލީބާބާއިން ޗައިނާ އަސްކަރިއްޔާއަށް އެހީތެރިވެއެވެ. އެހެންނަމަވެސް އެއީ ކޮން އޮޕަރޭޝަންތަކެއް ކަމެއް، ނުވަތަ ކޮން ގޮތްގޮތަކަށް ކަމެއް އެރިޕޯޓުގައި ބަޔާންކޮށްފައެއް ނުވެއެވެ.
މި ޚަބަރާއެކު އަލީބާބާގެ ހިއްސާގެ އަގު 4.2 އިންސައްތަ ނިއުޔޯކް ސްޓޮކް އެކްސްޗޭންޖްގައި ވަނީ ދަށްވެފައެވެ. އަދި މި ޚަބަރު އެކުންފުނިން ދޮގުކުރިއެވެ. އަލީބާބާއިން ބުނާ ގޮތުގައި މިއީ ޗައިނާއާއި އެމެރިކާއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމަށް އެކުލަވާލުމަށް މަޝްވަރާކުރަމުންދާ ދަނޑިވަޅެއްގައި، އެކުންފުނީގެ އަގު ވައްޓާލުމަށް ކުރި މަސައްކަތެއްކަމަށެވެ. އަދި ޚާއްސަކޮށް، ފައިނޭންޝަލް ޓައިމްސްއަށް ފެނުނު ވައިޓް ހައުސް މެމޯއަކީ އަސްލު އެއްޗެއްކަން އެ ނޫހަށް ކަށަވަރުކުރެވިފައި ނުވާކަމަށް އަލީބާބާއިން ފާހަގަކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ