ސަންޓޯސް، ބްރެޒިލް (ނޮވެމްބަރު 4) - އަންނަ އަހަރު އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ބާއްވާ ފީފާ ވޯލްޑް ކަޕާ ހަމައަށް ސަންޓޯސް ޓީމުގައި ބްރެޒިލްގެ ތަރި ނޭމާ ބެހެއްޓުމަކީ އެ ޓީމުގެ ޕްލޭން ކަމަށް އެ ކްލަބްގެ ރައީސް، މާސެކޯ ޓަކްސޭރާ ވިދާޅުވެއްޖެ އެވެ. 
އަލް ހިލާލް ދޫކޮށް، ނޭމާ، 33، މިދިޔަ ޖެނުއަރީ މަހު، ކުރީގެ ކްލަބް، ސަންޓޯސް އަށް ސޮއިކުރީ، ހަ މަސް ދުވަހުގެ ކޮންޓްރެކްޓެއްގަ އެވެ. އެ އެއްބަސްވުން ހަމަވުމުން، ނޭމާ، އަލުން ޔޫރަޕްގެ ޓީމަކަށް ބަދަލުވާނެ ކަމަށް މީޑިއާގައި އަޑުފެތުރުނެވެ. އެކަމަކު، ނޭމާ ވަނީ، މީގެ ހަތަރު މަސް ކުރިން، އަންނަ ޑިސެމްބަރު މަހުގެ ނިޔަަލަަށް ސަންޓޯސްއާ އެކު ކޮންޓްރެކްޓް އާ ކޮށް، މުސްތަގުބަލާ ގުޅޭގޮތުން ދައްކާ ވާހަކަތަކަށް ނިމުމެއް ގެނެސްފަ އެވެ.
އެކަމަކު، ޖެނުއަރީ މަހުގެ ޓްރާންސްފާގައި ނޭމާ، އެމެރިކާގެ އިންޓަ މިއާމީ އަށް ބަދަލުވާން އުޅޭ ވާހަކަތައް ވަނީ މީޑިއާގައި އިތުރުވެފަ އެވެ. އެ އަށް އިޝާރާތްކޮށް، ޓަކްސޭރާ ވިދާޅުވީ، ނޭމާ އެންމެ ފުރަތަމަ އެ ޓީމަށް ގެނައިއިރު ވެސް އޮތީ ވޯލްޑް ކަޕާ ހަމައަށް އެ ޓީމުގައި އޭނާ ބެހެއްޓުމުގެ ޓާގެޓް ކަމަށެވެ. އެކަމަކު، އެ މުއްދަތާ ހަަމައަށް އޮތް ކޮންޓްރެކްޓް ނުދެވުނީ، މާލީ ގޮތުން ކްލަބްގެ ހާލަތަށް ބެލުމަށްޓަކައި ކަމަށް ޓަކްސޭރާ ވިދާޅުވި އެވެ. 
އަންނަ އަހަރުގެ ވޯލްޑް ކަޕާ ހަމައަށް އޮތް ކޮންޓްރެކްޓެއް ނޭމާ އަށް ހުށަހަޅަން ސަންޓޯސް އިން ތައްޔާރުވާއިރު، މިހާރު ދޭ މުސާރަ އަށް ވުރެން އެ ކޮންޓްރެކްޓުން ލިބޭ އާމްދަނީ ކުޑަވާނެ އެވެ. އެހެންކަމުން، އެއްބަސްވުންތަކަކަށް ނާދެވި، ޖެނުއަރީގެ ފަހުން ސަންޓޯސް އިން ނޭމާ ފެނުމުގެ ފުރުސަތު ކުޑަ އެވެ.
ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކުން ރަނގަޅުވެގެން ނޭމާ ވަނީ މި ހަފްތާގައި ކުޅުމުގެ ތެރެއަށް އެނބުރި އަތުވެފަ އެވެ.
    
    ސަންޓޯސް އިން ބޭނުމީ އަންނަ އަހަރުގެ ވޯލްޑް ކަޕާ ހަމައަށް ނޭމާ ބަހައްޓަން ސަންޓޯސް އިން ބޭނުމީ އަންނަ އަހަރުގެ ވޯލްޑް ކަޕާ ހަމައަށް ނޭމާ ބަހައްޓަން
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ