ކަރަންޓު ކޭބަލްތަކަށް ގެއްލުން ނުދޭން ފެނަކައިން އިލްތިމާސްކޮށްފި އެވެ.
ފެނަކައިން މިކަމަށް އިލްތިމާސްކޮށްފައިވަނީ ރޭ ދަންވަރު އައްޑޫ ސިޓީގެ 41 ނަމްބަރު ސަބްސްޓޭޝަންގެ ކޭބަލަކަށް މީހަކު ގެއްލުންދޭން އުޅުމުގެ ތެރޭގައި ކަރަންޓު ޝޯޓެއް ހިނގައި، ސެންޓްރަލް ޕަވާ ހައުސް އެއްކޮށް ޑައުންވުމުގެ ސަބަބުންނެވެ.
އެކަމާ ގުޅިގެން ފެނަކައިން ނެރުނު ބަޔާނެއްގައި ބުނީ މިފަދަ އަމަލުތަކަކީ ކުންފުނީގެ މުދަލަށް ގެއްލުން ލިބުމާއި، އާންމު ރައްޔިތުންނަށް ތަކުލީފު ލިބުމުގެ އިތުރުން، އެފަދަ އަމަލެއް ކުރާ ފަރާތްތަކަށާއި ނުވަތަ އަމަލުގައި ބައިވެރިނުވާ ފަރާތްތަކުގެ ހަށިގަނޑާއި ފުރާނައަށް ނުރައްކާ ވެދާނެ ފަދަ ކަމަކަށްވުމުން، މިފަދަ އަމަލުތައް ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
މި މައްސަލާއިގައި އިތުރަށް ބަލަންޖެހޭ ކަންކަން ކަމާބެހޭ މުއައްސަސާތަކާއި ގުޅިގެން ކުރަމުންގެންދާނެ ކަމަށް ފެނަކައިން ބުނެ އެވެ.
މީގެއިތުރުން ފެނަކަ އިން ވަނީ އައްޑޫގައި ދެމުންގެންދާ ކަރަންޓުގެ ހިދުމަތަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ވެސް ރައްޔިތުންނަށް ދީފަ އެވެ.
ކަރަންޓު ކޭބަލްތަކަށް ގެއްލުން ނުދޭން އިލްތިމާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ