މިނީސޯގެ މުޅިން އައު ފިހާރައެއް މަޖީދީ މަގުގައި މާދަމާ ރޭ ހުޅުވަން ނިންމައިފި އެވެ.
ޒުވާނުންގެ މެދުގައި މަގުބޫލު މިނީސޯގެ ފިހާރަތައް ރާއްޖޭގައި ހިންގަނީ ރާއްޖޭގެ އެންމެ އިތުބާރު ލިބިފައިވާ ވިޔަފާރިތަކުގެ ތެރޭގައި ހިމެނޭ ސޮނީ ސްޕޯޓްސް އިންނެވެ.
ސޮނީ ސްޕޯޓްސް އިން ބުނީ އައު ފިހާރަ މާދަމާ ރޭ ހުޅުވާއިރު 10 ޕަސަންޓުގެ ޑިސްކައުންޓްގެ އިތުރުން ހާއްސަ ހަދިޔާތަކެއް ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ.
މާލޭގައި މިހާރު ވެސް މިނީސޯގެ ދެ ފިހާރަ ހުރެ އެވެ. މީގެ އިތުރުން ހުޅުމާލޭގައި ވެސް މިނީސޯގެ ފިހާރައެއް ހުރެ އެވެ. މަޖީދީ މަގުގައި އަލަށް ހުޅުވާ ފިހާރައަކީ މިހާރު މާލޭގައި ހުރި މިނީސޯގެ ފިހާރަތަކަށްވުރެ ޖާގައިގެ ގޮތުން ތަނަވަސް އަދި އިތުރު އައިޓަމްތައް ލިބޭނެ ފިހާރައެކެވެ.
ދުނިޔޭގެ އެކިކަންކޮޅުތަކުގައި 90 އަށް ވުރެ ގިނަ ގައުމުގައި 10،000 އަށް ވުރެ ގިނަ ފިހާރަ ހިންގަމުން އަންނަ މިނީސޯއަކީ ހެޔޮ އަގުގައި ތަފާތު ގިނަ ސާމާނު ވިއްކުމުގައި ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ފްރެންޗައިޒެކެވެ.
ރާއްޖޭގައި މިނީސޯގެ ފިހާރައެއް އެންމެ ފުރަތަމަ ހުޅުވީ 2020 ގަ އެވެ. އެ ފުރެންޗައިޒް ރާއްޖެއަށް ތައާރަފު ކުރީ ސޮނީ ސްޕޯޓްސް އިންނެވެ.
މިނީސޯގެ ބޮޑު ފިހާރައެއް މަޖީދީމަގުގައި މާދަމާ ހުޅުވަނީ މިނީސޯގެ ބޮޑު ފިހާރައެއް މަޖީދީމަގުގައި މާދަމާ ހުޅުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ