މިލާން (ނޮވެމްބަރު 10) - އިޓާލިއަން ލީގުގައި ރޭ ނަޕޯލީ އަތުން 2-0 އިން މޮޅުވެ އިންޓަ މިލާނުން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
އިންޓަ އިން އެއް ވަނައިގައި އޮތީ 11 މެޗުން 24 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރޯމާ އަށް ވެސް ވަނީ 11 މެޗުން 24 ޕޮއިންޓް ލިބިފަ އެވެ. ރޯމާ އިން ވަނީ މި ހަފްތާގެ މެޗުގައި، 2-0 އިން އުދިނޭޒީ އަތުން މޮޅުވެފަ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން، ނަޕޯލީ ރޭ ކުޅުނު މެޗުން ވަނީ ބޮލޯނިއާ އަތުން 2-0 އިން ބަލިވެފަ އެވެ. ތިން ވަނައިގައި އޮތް އޭސީ މިލާނާއި ހަތަރެއްގައި އޮތް ނަޕޯލީ އަށް ވަނީ 11 މެޗުން 22 ޕޮއިންޓް ލިބިފަ އެވެ. މިލާން، މި ހަފްތާގައި ކުޅުނު މެޗުން ވަނީ 2-2 އިން ޕާމާއާ އެއްވަރުވެފަ އެވެ. ފަސް ވަނައިގައި އޮތް ބޮލޯނިއާ އަށް 11 މެޗުން ވަނީ 21 ޕޮއިންޓް ލިބިފަ އެވެ.
އިންޓަ އިން ރޭގެ މެޗު ފަށައިގެން، ތިން ވަނަ މިނިޓްގައި ލީޑުނެގި އެވެ. މިއީ، އަލެސަންޑްރޯ ބަސްޓޯނީ ދިން ބޯޅައަކުން ލައުޓާރޯ މާޓީނޭޒް ޖެހި ގޯލެކެވެ. މިއީ، އޮކްޓޫބަރު ހަތަރު ވަނަ ދުވަހުގެ ފަހުން، ލީގުގައި މާޓީނޭޒް ޖެހި ފުރަތަމަ ގޯލެވެެ.
މެޗުގައި އިންޓަ އިން ޖެހި ދެ ވަނަ ލަނޑު ކާމިޔާބުކުރީ 61 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ، ފެޑެރީކޯ ޑިމާކޯ ދިން ބޯޅައަކުން އަންގެ-ޔޯއާން ބޮނީ އެވެ. އޭގެ އިރުކޮޅެއް ފަހުން، ޕިއޮޓްރޭ ޒިއެލިންސްކީ ލަނޑެއް ޖެހި ނަމަވެސް ރެފްރީ އެ ގޯލު ބަަލައިނުގަންނަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލިއިރު، ޑިމާކޯ އަތުގައި ބޯޅަ ޖެހިފައިވުމުންނެވެ.
ލާޒިއޯ ބަލިކޮށް އިންޓަ އެއް ވަަނަ އަށް ލާޒިއޯ ބަލިކޮށް އިންޓަ އެއް ވަަނަ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ