މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މައުމޫން 12 އަހަރަށް ޖަލަށް

މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން ރިޝްވަތު ހިފިކަން ސާބިތުވެ, އޭނާ 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިރޭ ހުކުމްކޮށްފި އެވެ.
ޕީޕީއެމްގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރަކަށް އޭނާ ހުރިއިރު 2016 ވަނަ އަހަރު އެ ކުންފުންޏަށް ބައެއް ތަކެތި ގަތުމަށް ހަވާލުކުރި ކުންފުންޏެއްގެ އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމަށް ބުނެ ކުރި ހަތް ދައުވާގެ ތެރެއިން ދެ ދައުވާއެއް ވަނީ ސާބިތުވެފަ އެވެ.
މައުމޫންގެ މައްޗަށް ޖުމްލަ އިއްވީ 12 އަހަރާއި ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.
ޕީޕީއެމްގެ ވެރިކަން ނިމުމާއެކު ރާއްޖެއިން ބޭރުގައި އުޅުނު މައުމޫންގެ ޝަރީއަތް ފެށީ މިދިޔަ އަހަރު ރާއްޖެ އައުމާއެކު އޭނާ ފުރުން މަނާ ކުރުމަށްފަހު އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އެމްޑީޕީގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ހުރި މުހައްމަދު ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށުގައި ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ