ހެޔޮ އަގުގައި ކޮލެޓީ، ރީތި
ނަންބަރު އައިނެއް ހައްދަން ބޭނުން ހެއްޔެވެ؟ ނޫނީ ބޭނުންވަނީ ކޮލެޓީ، ރީތި އަވި
އައިނެއް ހެއްޔެވެ؟ އެޑްވާންސް
އޮޕްޓިކަލްގެ އިޔާ އެންޑް ސޭލްގައި ރީތި، ކޮލެޓީ އައިނު
ދުނިގަނޑާއި އަވި އައިނު އެ ހުރީ އަތްފޯރާ ފަށުގަ އެވެ.
ސްކޫލު
ބަންދާ ވެސް ގުޅުވައިގެން މި ސޭލް އަންނަ ޖެނުއަރީ 15އާ ހަމައަށް ކުރިއަށް ގެންދާނެ އެވެ. މިއީ އައިނު އާކުރަން
ބޭނުންވާ ދަރިވަރުންނަށް ވެސް އޮތް ރަނުގެ ފުރުސަތެކެވެ.
"މި ޕްރޮމޯޝަނުގައި،
އާސަންދައިން ލިބޭ 2،000ރ. ގެ ތެރެއިން އައިނު ހެއްދޭނެ،" ސޭލްއާ ގުޅޭގޮތުން އެޑްވާންސް އޮޕްޓިކަލްގެ މެނޭޖަރު އައިޝަތު ނާހިދާ ވިދާޅުވި
އެވެ.
ފަހުގެ
ރީތި ޑިޒައިންތަކުގެ އައިނު ދުނިގަނޑާއި ޑިޒައިނާ ބްރޭންޑުތަކުގެ އައިނު
ދުނިގަނޑާއި އަވިއައިނު ވެސް ހެޔޮ އަގުގައި އެޑްވާންސް އޮޕްޓިކަލް އިން ލިބޭނެ
އެވެ.
އެތަނުން ވިއްކާ ހާއްސަ އެއް ބާވަތަކީ ބްލޫ ކަޓް ލެންސް އައިނެވެ. މިއީ
ގިނަ ވަގުތު ސްކްރީން ކައިރީ ތިބޭ މީހުންގެ ލޮލަށް ލިބޭ ގެއްލުންތަކުން
ރައްކާތެރިކޮށްދޭ ޓެކްނޮލޮޖީ ހިމެނޭ އައިނު ލެންސެކެވެ. މީގެ އިތުރުން
ބްލޫ ކަޓް ލެންސު، އިރުގެ ދޯދިތަކުން ލޮލަށް ލިބޭ ގެއްލުމުން ވެސް
ރައްކާތެރިކޮށްދެ އެވެ.
އާސަންދައިގެ އިތުރުން ފުލުހުންނާއި އެމްއެންޑީއެފްގެ އިންޝުއަރެންސް ސްކީމުގެ ދަށުން އެޑްވާންސް އޮޕްޓިކަލް އިން އައިނު ހެއްދޭނެ
އެތަނުން ލިބެން ހުންނަ އައިނު ދުނިގަނޑުތަކާއި އަވި އައިނުތަކުން %35އާ ހަމައަށް ޑިސްކައުންޓު ލިބޭނެ
މީގެ ތެރޭ ކުޑަކުދިންނާއި ބޮޑެތިމީހުންގެ އައިނު ދުނިގަނޑާއި އަވި އައިނު ވެސް ހިމެނޭ
އެޑްވާންސް އޮޕްޓިކަލް އިން އައިނު ހައްދަން ބޭނުންވާ މީހުންނަށް ލިބެން އޮތް އެންމެ ބޮޑު ފަސޭހައަކީ، ގޭގައި ތިބެގެން ވައިބާ މެދުވެރިކޮށް ޕްރިސްކްރިޕްޝަން ފޮނުވައިގެން އައިނު ހެއްދުމެވެ.
އެތަނުގެ ވައިބާ ނަންބަރު 7341800 އަށް ޕްރިސްކްރިޕްޝަން ވައިބާ ކުރުމުން ކަމުދާ ދުނިގަނޑެއް ނަގައި، އައިނު ހެއްދޭނެ
އެޑްވާންސް
އޮޕްޓިކަލް އިން އައިނު ހެއްދުމުގެ އިތުރުން އެޑްވާންސް އައި
ކްލިނިކުން ލޮލުގެ ނަންބަރު ނެގުމުގެ ހިދުމަތް ވެސް އާސަންދައިގެ ދަށުން ލިބޭނެ
އެވެ.
އެ
ކްލިނިކްގައި ބައްލަވަނީ ރާއްޖޭގައި ލޮލުގެ ބަލިތަކަށް ފަރުވާ ދެއްވުމުގައި 20
އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި އަދި ދިވެހިންގެ އިތުބާރު ލިބިފައިވާ
ލޮލުގެ ޑޮކްޓަރު ސިރިނިވާސް ޝެޓީ ކަޓްޕަޑީ (ޑރ. ޝެޓީ) އެވެ.
ހުކުރު ދުވަސް ފިޔަވާ ކޮންމެ
ދުވަހެއްގެ ހެނދުނު 9 އިން ރޭގަނޑު 11 އަށް ޑރ. ޝެޓީ އެ ކްލިނިކުގައި ބައްލަވާނެ
އެޑްވާންސް
އޮޕްޓިކަލް އަދި ކްލިނިކް ހުންނާނީ ކަނބާއައިސާރަނިހިނގުމުގައި ހިރިޔާ ސްކޫލު
ކުރިމަތީގަ އެވެ. އިޔާ އެންޑް ސޭލް
ނިމުމުގެ ކުރިން އައިނު ބަދަލުކޮށްލަން އަވަހަށް ދާންވީ އެޑްވާންސް އޮޕްޓިކަލްއަށެވެ.
އެޑްވާންސް
އޮޕްޓިކަލް އިން ވިއްކާ އައިނާއި ކުރިއަށް ގެންދާ ޕްރޮމޯޝަންތަކުގެ އެންމެ ފަހުގެ
މައުލޫމާތު އެ ފިހާރައިގެ ސޯޝަލް މީޑިއާ ޕޭޖުތަކުން ފެންނާނެ އެވެ.
އިންސްޓަގްރާމް
ޓިކްޓޮކް
ފޭސްބުކް
އެޑްވާންސް އޮޕްޓިކަލްގެ އިޔާ އެންޑް ސޭލްގައި ހެޔޮ އަގުގައި، ކޮލެޓީ ނަންބަރު އައިނު ހެއްދޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ