ރަކީދޫ ސްކޫލްގައި ސެޓެލައިޓް ސްކޫލް ނިޒާމުން ކިޔަވައިދޭން ފަށައިފި

ވ ރަކީދޫ ސްކޫލުގައި ސެޓެލައިޓް ސްކޫލުގެ ނިޒާމުން ކިޔަވައިދެން މިއަދު ފަށައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީއިން މިއަދު ބުނީ ވ. ރަކީދޫ ސްކޫލްގައި ސެޓެލައިޓް ސްކޫލް ނިޒާމުން މިއަދު ކިޔަވައިދޭން ފެށިފައިވާ ކަމަށާއި އެ ސްކޫލްގެ ކިޔެވުން ފެށުނީ 3 ދަރިވަރުންނާ އެކުގައި ކަމަށެވެ. ރަކީދޫގައި މި ނިޒާމުން ކިޔަވައިދޭން ފަށާފައިވަނީ ސަރުކާރުން އަލަށް ތަރައްޤީކުރި ސްކޫލު އިމާރާތުގައި އެވެ.
އެސްކޫލުގެ ކިޔެވުން ފެށިފައިމިވަނީ ސަރުކާރުގެ ރަސްމީ ތައުލީމީ ނިޒާމުން އެރަށުގައި ދިރިއުޅެމުންދާ ހަތަރު ކުދިން ބާކީވެފައިވާ މައްސަލައެއް މިމަހުގެ ކުރީ ކޮޅު ފެންމަތިވެފައިވަނިކޮށެވެ. އެކަމާއި ގުޅިގެން އެރަށު ކައުންސިލުންވެސް ވަނީ އެޑިއުކޭޝަން މިނިސްޓްރީއަށް ސިޓީއެއްވެސް ފޮނުވާފައި އެވެ.
ސެޓެލައިޓް ޕްރޮގްރާމަކީ އާބާދީ މަދުވެ، ސުކޫލުގައި ކިޔަވާ އުމުރުގެ ކުދިން މަދުވެ ސުކޫލު ނެތް ރަށްރަށުގެ ދަރިވަރުން ކަނޑު ހުރަސްކޮށް އެހެން ރަށްތަކަށް ސްކޫލަށް ދާން ޖެހޭ ދިއުން ނިމުމަކަށް ގެނައުމަށް ސަރުކާރުން ފެށި ޕްރޮގްރާމެކެވެ.
ރާއްޖޭގެ 6 ރަށެއްގައި މިހާރު މިވަނީ ސެޓެލައިޓް ސްކޫލް ވަނީ ޤާއިމްކޮށްފައެވެ. އެއީ ބ. ފެހެންދޫ، ބ. ފުޅަދޫ، ގއ. ކޮނޑޭ، އދ. ދިއްދޫ، ވ. ތިނަދޫ އަދި ވ. ރަކީދޫ އެވެ. މިއަދު ރަކީދޫ ސްކޫލްގައި ކިޔަވައިދޭން ފެށުމާއެކު، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މިހާރު ކިޔަވައިދޭ ސްކޫލެއް ހުންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ބުނެފައި އެވެ.
 
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ