މި ފޮޓޯއިން 12 ސިކުންތުގެ ތެރޭގައި ހިތެއް ހޯދާ!

ތަސްވީރުގައި ފޮރުވިފައިވާ ހިތް 12 ސިކުންތުގެ ތެރޭގައި ހޯދައިފިއްޔާ ތިޔައީ ވަރަށް މޮޅު މީހެއް!
މަތީގައި އެވާ ތަސްވީރުގައި ފޮރުވިފައިވާ ހިތެއް އެބަވެއެވެ. އޮޕްޓިކަލް އިލޫޝަންއަކީ މިހާރު އެންމެ މަޝްހޫރު އޮންލައިން ޓްރެންޑެވެ. މިކަހަލަ ތަސްވީރުތަކުން ފޮރުވިފައިވާ އެއްޗެހި ހޯދުމަކީ މިހާރު ގިނަ މީހުން ޝައުގުވެރިވާ ކަމެކެވެ. މިއީ ސައިންޓިފިކަލީވެސް، ތިބާގެ އޮބްޒާވް ކުރުމުގެ ހުނަރު ބަލާލެވޭނެ ކަމެކެވެ.
މަތީގައިވާ ފޮޓޯއިން ހޯދަންވީ ފޮރުވިފައިވާ ހިތެވެ. 12 ސިކުންތުގެ ތެރޭގައި މިކަން ކުރެވޭނެ ހެއްޔެވެ؟ މި ތަަސްވީރުން އެކި ކުލަތަކުގައިވާ އެތްތަކެއް އެބަ ފެނެއެެވެ. މި ތަސްވީރުގައިވާ ސިއްރު ހިތް ފެނިއްޖެ ހެއްޔެވެ؟
ހިންޓެއް ބޭނުންތަ؟
މި ތަސްވީރަށް ކައިރިން ބަލާށެވެ. އެއް އެތް އެހުރީ ދޮންކެޔޮ ވަކެއް ހިފައިގެންނެވެ. ބޮލުގައި ކަޅު ކުލައިގެ ތޮތްޕެއް އަޅާފައިވާ އެތްވެސް ފެނޭ ހެއްޔެވެ؟
މިހާރު ފޮރުވިފައިވާ ހިތް ފެނިއްޖެ ހެއްްޔެވެ؟ ތިރީގައިވާ ތަސްވީރުގައި ބޮޅު އަޅާފައި އެވަނީ އެތްތަކުގެ ތެރޭގައިވާ ހިތުގައެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ