ރައީސްގެ ކެމްޕެއިން ނިންމާ ހިނގާލުން މިއަދު ހަވީރު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ނިންމާލުމުގެ ގޮތުން ހާއްސަ ރެލީއެއް ބޭއްވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ޓީމުން ނިންމައިފި އެވެ.އެމްޑީޕީން ބުނީ، މިއަދު ހަވީރު ހަތަރެއް ޖަހާއިރު ސޯޝަލް ސެންޓަރު ކައިރިން ފަށާ ހިނގާލުން ނިންމާލާނީ އުސްފަސްގަނޑު ސަރަހައްދަށް ކަމަށެވެ.އެ ޕާޓީން ވަނީ އެ ހިނގާލުމުގައި ރައީސާއި އެމްޑީޕީއާ ގުޅިފައިވާ ޕާޓީތަކަށް ތާއީދުކުރާ ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވާން އެދިފަ އެވެ.މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވާނެ އެވެ. އަދި ހާއްސަ ދުއާއެއް ކުރުން އޮންނާނެ އެވެ.ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓް ނެގުން މާދަމާ އޮންނައިރު މިއަދު އިރޮއޮއްސި ހައެއް ޖެހުމާއެކު ކެމްޕެއިން ކުރުން މަނާވާނެ އެވެ.ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ރައީސާ ވާދަކުރައްވާނީ އިދިކޮޅު، ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ