ހަންކެޑެ ތަރައްގީކުރުމަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިއްޖެ

އައްޑޫ ސިޓީ ހަންކެޑެ ތަރައްގީކުރުމަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފަވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ގަން އިންޓަނޭޝަނަލް އެއަޕޯޓް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފައްޔާޒް ވިދާޅުވީ ހަންކެޑެ ތަރައްގީ ކުރުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ. މީގެ އިތުރުން ފައްޔާޒް ވިދާޅުވީ ހަންކެޑެ ތަރައްގީ ކުރުމަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވީ ނަމަވެސް ލަސްތަކެއް އުޅެނީ ގެސްޓްހައުސްތަކާއެކު އެއްބަސްވުމަކަށް ނާދެވޭތީ ކަމަށެވެ.
އައްޑޫގައި ފަތުރުވެރިކަން ފުޅާކޮށް ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ރިއަލް އެސްޓޭޓް ޓޫރިޒަމް ޕްރޮޖެކްޓު ހިންގާ ސަރަހައްދެއްގެ ގޮތުގައި އައްޑޫ ސިޓީ ހަންކެޑެ ހަމަޖެއްސީ ޑިސެމްބަރު 02، 2021 ގައެވެ. ހަންކެޑަ ތަރައްގީކުރުމަށް ކުރިއަށް ގެންދާ ޓޫރިޒަމް އިންޓަގްރޭޓެޑް ޕްރޮޖެކްޓްގައި ޖުމްލަ 1041 ކޮޓަރި ތަރައްގީ ކުރާނެއެވެ.
ހަންކެޑެ ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނައިރު ހަންކެޑެ ސަރަހައްދުގެ ތެރެއިން އެއްބައި ލިންކްރޯޑަށް އޮތުމުން އެ މަގު ރަށުގެ ހުޅަނގު ފަރާތުން ބްރިޖަކުން މަރަދޫ އާ ގުޅުވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ