ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި ހ. ލޮބީ/ ހުސައިން ހުމާމް އަހުމަދުގެ މައްޗަށް ކޮށްފައިވާ މަރުގެ ހުކުމް ރިވިއުކުރަން އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.
ހުމާމްގެ މައްސަލަ ރިވިއުކޮށްދޭން އެދިފައި ވަނީ މިދިޔަ މަހުގެ ފަަހުކޮޅު އެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު އަދި ގޮތެއް ނިންމާފައި ނުވާ ކަމަށް ސުޕްރީމް ކޯޓުން ބުނެ އެވެ.
ތޫނު އެއްޗަކުން ހަމަލާދީ ޑރ. އަފްރާޝީމް އަވަހާރަ ކޮށްލީ، 1 އޮކްޓޯބަރު 2012ގެ ރޭ ޓީވީއެމްގެ ދީނީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު، އެ މަނިކުފާނު ދިރިއުޅުއްވާ ހ. ފުންވިލުގެއަށް ވަދެވަޑައިގެންތަނާ އެވެ.
އެ މައްސަލާގައި ހުމާމްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނީ 2014ގެ ތެރޭގަ އެވެ. އެ ހުކުމަށް ހައިކޯޓުން 2015 ގައި ތާއީދުކުރި އިރު، ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުން ދެމެހެއްޓީ 24 ޖޫން 2016 ގަ އެވެ.
ހުމާމަށް ހުކުމް ކުރާތާ 30 ދުވަހުގެ ތެރޭގައި ދަން ޖައްސައިގެން ހުކުމް ތަންފީޒުކުރާނެ ކަމަށް އޭރުގެ ސަރުކާރުން ބުނި ނަމަވެސް އެ ހުކުމް ތަންފީޒު ކޮށްފައެއް ނުވެ އެވެ.
މަރަން ކުރި ހުކުމް ރިވިއުކުރަން ހުމާމްގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ