މިރަމަޟާން މަހުވެސް އަންދުގެ ހާއްސަ އާޓް ކުލާސްތަކެއް!

ކުރީ އަހަރުގެ ރޯދަމަހު ލިބުނު ބޮޑު ތަރުހީބާއެކު، މިއަހަރުވެސް ރޯދަމަހު ހާއްސަ އާޓް ކުލާސްތަކެއް ހިންގަން ކުޅަދާނަ އާރޓިސްޓް އަހުމަދު ނިމާދު (އަންދު) ނިންމައިފިއެވެ.
ރޯދަމަހުގެ ކޮންމެ ހަފުތާއަކު ދެ ކުލާސް ކުރިއަށްގެންދާ ގޮތަަށް އަންދުގެ އާޓް ކުލާސްތައް ފަށަނީ ރަމަަޟާން މަހުގެ ތިނެއް ވާ ހޮނިހިރު ދުވަހުއެވެ. ސަލްޓަން ޕާކުގެ "ބިއްލޫރި މާލަމު"ގައި ކުރިއަށްގެންދަން ރާވާފައިވާ އިންޑޯ އާޓް ކުލާސްތަކުގައި އެންމެ 500 ރުފިޔާއަށް ބައިވެރިވެވޭއިރު، މިރަނުގެ ފުރުސަތު ފަސް އަހަރާއި 12 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކަށްވެސް އެބަ އޮތެެވެ.
މެންދުރުފަހު 2:30އިން 5:30އަށް ތިން ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްގެންދަން ހަމަޖެހިފައިވާ މިކުލާސްތަކުގައި ދެ ދަންފަޅިއަކަށް މިހާރުވެސް ވަނީ ގިނަ އަދަދެއްގެ ކުދިން ރަޖިސްޓަރީވެ، ޖާގަ ފުލްވެފައެވެ. މިހާރު ހަމައެކަނި އޮތް ފުރުސަތަކީ 2:30އިން 3:30އަށް ތާވަލުކުރެވިފައިވާ ކުލާސްތަކުގައި ބައިވެރިވުމެވެ.
އިންތިޒާމުކުރާ ފަރާތުން މިކުލާސްތަކަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ކުދިންނަށް ދޫކުރާނެއެވެ.އަންދުއަކީ ކުރެހުމާއި ފަންނުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރެކެވެ. އޭނާވަނީ ރާއްޖެ އާއި އެހެން ގައުމުތައް ހިމެނޭހެން، އެކި ތަންތަނުގައި 20 އަހަރު ދުވަހު ކުދިންނަށް އާޓް އުންގަންނައިދިނުމުގެ ތަޖުރިބާ ހޯދާފައެވެ.
އޭނާގެ ދަރިވަރުންވަނީ ދުނިޔޭގެ ގަދަ ދިހައެއްގައިވެސް ހިމެނިފައެވެ. އަދި ބައެއް ދަރިވަރުން މެލޭޝިއާގައި އެއްވަނަވެސް ހޯދާފައިވެއެވެ.
މިކުލާސްތަކުގައި ބައިވެރިވުމަށް 7677139އަށް ގުޅުއްވާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ