މާރާމާރީގެ މައްސަލައެއްގައި ފުލުހުން ހޯދަމުން ދަނިކޮށް އަމިއްލައަށް ފުލުހުންނާއި ހަވާލުވި އިބްރާހީމް ފައިހް ނިޒާމްގެ ބަންދަށް ކްރިމިނަލް ކޯޓުން މަސްދުވަހުގެ މުއްދަތެއްދީފި ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ގެންދާ، ގުރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން އިބްރާހީމް ފައިހް ނިޒާމް ހޯދަން އިއުލާންކުރީ މިދިޔަ ފެބްރުއަރީ މަހުގެ 15ވަނަ ދުވަހުގައެވެ.
ފައިހް ހައްޔަރުކުރިޔަ ނުދިނުމަށްޓަކައި އޭނަ ފޮރުވައިގެން ގެންގުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ދިވެހި ފަސް ފިރިހެނުން ހައްޔަރުކޮށްފައިވާއިރު ކްރިމިނަލް ކޯޓުންވަނީ މިތަނުން ދެމީހަކު ދޫކޮށްލާފައެވެ. އަދި އަނެއް 3 މީހުންނަށް 15 ދުވަހުގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ ދީފައެވެ.
ފައިހް ހޯދުމަށް މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނަކަށްފަހު އޭނާ އަމިއްލައަށް ފުލުހުންނާއި ވަނީ ހަވާލުވެފައެވެ.
ފެށިގެން މިދިޔަ ރަމަޟާން މަހާއިއެކު މާލެ ސަރަހައްދަކީ ކުށް މަދު ރައްޔިތުންނަށް އަމާން ސަރަހައްދަކަށް ހެދުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ފައިހް ނިޒާމްގެ ބަންދަށް ކްރިމިނަލް ކޯޓުން މަސް ދުވަސް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ