ރައީސް ނަޝީދު މައްސަލައިގެ އަޑުއެހުމެއް މާދަމާ ސުޕްރީމް ކޯޓުގައި ބާއްވަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިއްވި 13 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފުގެ އަޑުއެހުމެއް މާދަމާ ސުޕްރީމް ކޯޓުގައި ބާއްވަން ތާވަލް ކޮށްފި އެވެ. ރައީސް ނަޝީދުގެ ގާނޫނީ ވަކީލު ހިސާން ހުސައިން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މައްސަލަ ތާވަލް ކޮށްފައި ވަނީ މާދަމާ މެންދުރު 12:45 އަށް ކަމަށެވެ. PG's appeal of President Nasheed's case scheduled at SC for tomorrow at 12:45. #freepresidentnasheed — Hisaan (@hisaanhussain) June 26, 2016 ރައީސް ނަޝީދު ބޭސްފަރުވާ އަށް އިނގިރޭސިވިލާތައް ވަޑަގަތްގޮތަށް އެނބުރި ރާއްޖެ ވަޑައިގެންފައިނުވާއިރު، އެމަނިކުފާނުގެ ޝަރީއަތް ކުރިއަށްގެންދަނީ ބަދަލުގައި ބޭފުޅަކު ހަމަޖައްސައިގެންނެވެ. އެމަނިކުފާނުގެ ބަދަލުގައި ކޯޓަށް ވަޑައިގަންނަވަނީ ގާނޫނީ ވަކީލު ހަސަން ލަތީފެވެ. އެ މައްސަލައިގެ އަޑުއެހުންތަކެއް މީގެކުރިން ވެސް ސުޕްރީމް ކޯޓުގައި ވަނީ ކުރިއަށްގެންގޮސްފަ އެވެ. ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަވައިގެން ސިފައިން މެދުވެރިކޮށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކޮށްފައިވާތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ