ރައީސް ޞާލިޙް މާދަމާ އައްޑޫއަށް ވަޑައިގަންނަވަނީ

ރައީސް އިބްރާހީމް މުހައްމަދު މާދަމާ ހަވީރު އައްޑު އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މި ދަތުރުފުޅުގައި އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާނެއެވެ. އެ މަޝްރޫއު އިފުތިތާހު ކުރުމަށް ބާއްވާ ރަސްމިއްޔާތު އޮންނާނީ މަރަދޫގައެވެ.
މީގެ އިތުރުން ހިތަދޫ ސިޓީ ސްކެއާގައި މާދަމާ ރޭ ރައީސް އައްޑޫ ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ. އަދި ގަން އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ވެސް ރައީސް ޞާލީހް ފައްޓަވައިދެއްވާނެއެވެ.
މި ދަތުރުފުޅުގައި ސަރުކާރުން މިހާރު އައްޑޫގައި ހިންގަމުން އަންނަ ބައެއް އެހެން މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ޞާލިޙް ބައްލަވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ