މުރައިދޫ ބަނދަރު ހެދުން: 70 ޕަސެންޓް މަސައްކަތް ނިމިއްޖެ

ހއ. މުރައިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 70 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފި އެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކުރީ އޮގަސްޓް 25، 2021ގަ އެވެ. އެއީ 365 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ހަވާލުކުރާ ގޮތަށެވެ.
އެ މަޝްރޫއުގެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން މިއަދު ބުނީ، މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް މިހާރު ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އާ ހާބަރު ފުންކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް ބުންޏެވެ.
ޖުމުލަ 36.3 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ޖަނަވަރީ 16، 2022ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ