މައުމޫން އިންޑިއާ އަށް ވަޑައިގެންފި

ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ޤައްޔޫމް މިއަދު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާ އަށް ފުރާވަޑައިގެންފިއެވެ.
ރައީސް މައުމޫން އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ މަޤުސަދު ޕީޕީއެމުން ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް އެޕާޓީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރައީސް މައުމޫންގެ މި ދަރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިން އާއި ބައްދަލުކުރައްވާނެ ކަމަށެވެ. އަދި މީގެ އިތުރުން އިންޑިއާގެ މިނިސްޓާ އޮފް އެކްސްޓާނަލް އެފެއާޒް ސަލްމާން ހޫރުޝިދުގެ އަރިހަށް ރައީސް މައުމޫން އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާނެ ކަމަށްވެސް ޕީޕީއެމުން ވަނީ ބުނެފައެވެ.
ރައީސް މައުމޫން އިންޑިއާ އަށް ކުރައްވާ މިދަތުރުފުޅުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް ޢަބްދުﷲ އާއި ކައުންސިލްގެ ދެ މެމްބަރުން ކަމަށްވާ ކުރީގެ ހެލްތް މިނިސްޓަރު އަނީސާ އަހްމަދު އާއި ރައީސް މައުމޫންގެ ދަރިކަލުން އަދި ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާރިޝް މައުމޫން ބައިވެރިވެވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ