ރިޔާސީ ކެންޑިޑޭޓުންނާއެކު ބަހުސަކަށް ވަޑައިގަތުމަށް ތައްޔާރަށް ހުންނެވިކަމަށް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ރައީސް ވަހީދު މިހެން ވިދާޅުވީ، އައްޑޫ ސިޓީ ޝަރައްފުއްދީން ސްކޫލްގެ އިނާމު ދިނުމުގެ ހަފްލާ ޝަރަފްވެރި ކޮށްދެއްވުމަށް އައްޑޫސިޓީއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހަވީރު ފުރާވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރިޔާސީ ބަހުސަކަށް ވަޑައިގަންނަވާން ތައްޔާރަށް ހުންނެވިކަމަށް ރައީސް ވިދާޅުވެފައިވާއިރު، ޖޭޕީގެ ލީޑަރު ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްވެސްވަނީ ކޮންމެ ވަގުތަކުވެސް ވާދަވެރި ކެންޑިޑޭޓުންނާއެކު ރިޔާސީ ވަރުގަދަ ބަހުސަކަށް ވަޑައިގަންނަވަން ތއްޔާރަށް ހުންނެވިކަން އިއުލާން ކުރައްވާފަ އެވެ.
އައްޑޫ ސިޓީ ޝަރައްފުއްދީން ސްކޫލްގެ އިނާމު ދިނުމުގެ ހަފްލާ ބޭއްވަނީ މިރޭގަ އެވެ.
ރިޔާސީ ބަހުސަކަށް ދާން ތައްޔާރު: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ