ކަރަންޓު ބިލު ނުދައްކާތާ ގިނަ ދުވަސް ވެފައިވާ ސަރުކާރުގެ އޮފީސްތަކާއި އިދާރާތަކުން ކަރަންޓު ކަނޑާލުމަށް ސްޓެލްކޯގެ ބޯޑުން ނިންމީ ކުންފުންޏަށް ނޭވާ ނުލެވޭ ހިސާބަށް ކަންތައްތައް ދިއުމުން ކަމަށް އެކުންފުނީގެ ޗެއާރމަން އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ސީއެންއެމުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަރީފު މިއަދު ވިދާޅުވީ ކުރީ ސަރުކާރުގެ ދުވަސްވަރުން ފެށިގެން މިހާތަނަށް ދައުލަތުގެ އެކި ތަންތަނުން ކުންފުންޏަށް ދައްކަން ޖެހި ނުދައްކާވާ 150 މިލިޔަނަށް ވުރެ ގިނަ ފައިސާވާ ކަމަށެވެ.
"އަޅުގަނޑުމެން ވެސް ގަބޫލު ކުރަން ދައުލަތުން ދައްކަން ޖެހޭ އެތައް ބިލިޔަން ރުފިޔާގެ ދަރަނި އޮތް ކަމަށް. ބިލު ނުދައްކާ މައްސަލައަކީ އަޅުގަނޑުމެންގެ ބޯޑުން އަބަދު ވެސް ޑިސްކަސް ކުރަމުންދާ މައްސަލައެއް. އެހެންވެ ނިންމާފައި އޮތީ، ސަރުކާރަށް ދެއްކުނު ވަރަކުން ދައްކަންދެން އޯކޭއޭ. އެކަމަކު ފަހުން ނޭވާ ނުލެވޭ ހިސާބަށް ދިއުމުން ލިބެންޖެހޭ ފައިސާ ހޯދަން އެހެން ތަންތަނާއި މެދު ވެސް އަމަލު ކުރާ އުސޫލުން ކުރުމަށް ބޯޑުން ނިންމީ" ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ ސްޓެލްކޯގެ ބޯޑުން އެގޮތަށް ނިންމީ އެކުންފުންޏަށް ސަރުކާރުގެ އިދާރާތަކުން ލިބެން ޖެހޭ ފައިސާ ތާށިވުމުގެ ސަބަބުން މާލޭގައި އުޅެމުންދާ އެތައް ހާސް ބައެއްގެ ހައްގުތަކަށް އުނިކަން އައިސްގެ ނުވާނެ ކަމަށް ބޯޑަށް ގަބޫލު ކުރެވޭތީ ކަމަށެވެ.
ސްޓެލްކޯއިންވަނީ ކަރަންޓު ބިލު ނުދައްކާ ހުރި ބައެއް ތަންތަނުން ކަރަންޓު ކަނޑާލުމަށް ނިންމާ ނޯތިސް ވެސް ފޮނުވާފައެވެ. އެތަންތަނުގެ ތެރޭގައި އެމްބީސީން ހިންގަމުން ގެންދާ ޓީވީއެމްގެ އިމާރާތާއި ސިޓީ ކައުންސިލު ހިންގަމުން ގެންދާ އިމާރާތް އަދި އައިޖީއެމް ހޮސްޕިޓަލު ވެސް ހިމެނެއެވެ.
ބިލު ނުދައްކާ އިދާރާތަކުން ކަރަންޓު ކަނޑާލަން ނިންމީ ކެތް ނުކުރެވޭ ވަރުވުމުން: ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ