ކޮމިޝަނަށް ގެނައި ބަދަލުގެ ސަބަބުން ސިޔާސީ ނުތަނަވަސްކަން ހައްލުކުރުމަށް މަގުފަހިވާނެ: ތިންވަނަ އަޑު

ހަތެއް ފެބްރުއަރީގައި ވެރިކަން ފުރޮޅިގެންދިޔަ ގޮތް ތަހުގީގުކުރަން އުފައްދާފައިވާ ނެޝަނަލް އިންކުއަރީ ކޮމިޝަނަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާތީވެ، އެކަމުގެ ސަބަބުން ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިހާރު އުފެދިފައިވާ ހަލަބޮލިކަން ހައްލުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ތިންވަނަ އަޑު ކެމްޕެއިންއިން ބުނެފިއެވެ.
ރާއްޖޭގައި މަސައްކަތްކުރާ އަމިއްލަ ތިން ޖަމިއްޔާއެއް ގުޅިގެން ފަށާފައިވާ ތިންވަނަ އަޑު ކެމްޕެއިންގައި ހިމެނެނީ ޓްރާންސްޕޭރަންސީ މޯލްޑިވްސްއާއި، މޯލްޑިވިއަން ޑެމޮކްރަސީ ނެޓްވޯކާއި، ޑެމޮކްރަސީ ހައުސްއެވެ.
ތިންވަނަ އަޑުން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ މަޝްވަރާގެ އުސޫލުތަކަށް އިހުތިރާމްކޮށް، އަމަލުކުރަން ފެށުމާއި، ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ގުޅިގެން މަސައްކަތްކުރުމުގެ ރޫހެއް ގެންގުޅުމަކީ ވަރަށް ރަނގަޅު ފާލެއް ކަމަށެވެ.
ކޮމަންވެލްތުގެ ފިއްތުންތަކަށް ދޫދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދު ވަނީ ކޮމިޝަންގައި ބޭރުގެ ފަނޑިޔާރެއްގެ އިތުރުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ މެމްބަރެއް ހިމެނުއްވުމަށް އެއްބަސްވެލައްވާފައިވާކަން ތިން ވަނަ އަޑުން ފާހަގަކުރެ އެވެ.
"އިންކުއަރީ ކޮމިޝަނަށް ބަދަލު ގެނައުމަށް ސަރުކާރުން ނިންމާފައިވާތީވެ އެކަމަށް، އަޅުގަނޑުމެން މަރުހަބާ ކިޔަމެވެ. އަދި ބަދަލުތަކާއެކު، މިކޮމިޝަންގެ މަސައްކަތްތަކަށް، އެއްބާރުލުން ދިނުމަށް މޯލްޑިވިއަން ޑެމޮކްރަޓިކް ޕާޓީން ނިންމާފައިވާތީ އެކަމަށްވެސް އަޅުގަނޑުމެން މަރުހަބާ ކިޔަމެވެ." ތިންވަނަ އަޑުގެ ބަޔާނުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ