ބޯޑަރ ކޮންޓްރޯލް ސިސްޓަމް ގާއިމުކުރުމުގެ މައްސަލާގައި ނެކްސްބިޒް ކިބައިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މައާފަށް އެދެން އެންގުމަށް އަމުރެއް ނެރެން ޖެހޭނެ ތަނެއް ނެތްކަމަށް ކަނޑައަޅާ ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
އޭސީސީއާ ދެކޮޅަށް މިދިޔަ ޖުލައި މަހު ނެކްސްބިޒް އިން ހުށަހެޅި މައްސަލައިގެ ހުކުމް އިއްވަމުން ސިވިލް ކޯޓުގެ ގާޒީ ވިދާޅުވީ ނެކްސްބިޒް އިން އުފުލާފައިވާ ދައުވާގައި ބުނެފައިވާ ފަދަ ކަމެއް އޭސީސީން ކުރިކަން އެކުންފުންޏަށް ސާބިތުކޮށްދެވިފައިނުވާތީ އާއި އޭސީސީން އެފަދަކަމެއް ކުރިކަން ޝާރީއަތަށް ޝާބިތުނުވާތީ މައާފަށް އެދުމަށް އަމުރެއް ނެރޭނެތަނެއް ނެތްކަމަށެވެ.
ބޯޑަރ ކޮންޓްރޯލް ސިސްޓަމް ގާއިމްކުރުމަށް ހަވާލުކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށްކަމަށް ބުނެ އޭސީސީން ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.
އެމަޝްރޫއުގައި ހަވާލުކުރުމުގައި ގާނޫނާއި ހިލާފު ކަންތައްތަކެއް ހިމެނޭކަމަށް ބުނެ އޭސީސީން މަޖިލީހަށް މައުލޫމާތުދިން ފަހުން މަޖިލީހުން ވަނީ އެ މަޝްރޫއު ހުއްޓާލުމަށް ފާސްކޮށްފައެވެ. ނަމަވެސް އެ ސިސްޓަމް ބޭނުންކުރަމުންދާކަމަށް ވެއެވެ.
ނެކްސްބިޒް މައްސަލާގައި އޭސީސީން މައާފަށް އެދެން ނުޖެހޭނެކަމަށް ކޯޓުން ކަނޑައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ