ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލަ ނުބަލަން ޖޭއެސްސީން ނިންމައިފި

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާ މުހައްމަދުގެ މައްސަލަ ނުބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފިއެވެ. ޖޭއެސްސީން ނެރުނު ބަޔާނެއްގައި ވަނީ މިހާރު އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ އެ ކޯޓުގެ އެހެން ގާޒީއެއްގެ މައްސަލައަކާ ގުޅިގެން ތަހުގީގު ކޮމިޓީން ބެލިބެލުމުން ހުޒައިފާއާ ގުޅޭގޮތުން ހުށަހެޅި ޝަކުވާ އަކީ އެއްވެސް އަސާސެއް އޮތް ޝަކުވާއެއް ނޫން ކަމަށް ފެނި އެކަން އެ ކޮމިޝަނާ ހިއްސާކޮށްފައިވާ ކަމަށެވެ. ޖޭއެސްސީން ބުނީ ހުޒައިފާއާ ގުޅޭގޮތުން ޝަކުވާ ހުށަހެޅި ފަރާތާ ގުޅޭގޮތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ހުށަހެޅި ޝަކުވާއެއް ބަލައި އެފަރާތް ވަޒީފާއިން ވަކިކޮށްފައިވާކަން އެ ކޮމިޝަނާ ހިއްސާކޮށްފައިވާ ކަމަށެވެ. އެފަރާތް ވަޒީފާއިން ވަކިކުރި މައްސަލާގައި ކަންހިނގާފައިވާ ގޮތުން ވެސް ގާޒީ ހުޒައިފާގެ މައްސަލައެއް އޮތް ކަމަށް ނުފެންނަ ކަމަށް ޖޭއެސްސީން ބުންޏެވެ. މިއީ އެ ކޮމިޝަނަށް ހުށަހެޅި ފަނޑިޔާރުންގެ ޝަކުވާތަކާ ގުޅިގެން މިފަހުން އެ ކޮމިޝަނުން ފަނޑިޔާރެއްގެ މައްސަލަ ނުބަލަން ނިންމި ފުރަތަމަ ފަހަރެވެ. https://www.sun.mv/120567
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ