ޣައްޒާ މުޒާހާރާ ތެރެއަށް އިސްރާއީލުން ބަޑި ޖަހާ ގިނަ ބަޔަކު ޒަހަމްކޮށްލައިފި

ފަލަސްތީންގެ ޣައްޒާގައި ކޮންމެ ހުކުރު ދުވަހަކު ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން މިއަދުގެ މުޒާހަރާ އަށް އިސްރާއީލް ސިފައިން ބަޑި ޖަހާ 70 މީހުން ޒަހަމްކޮށްލައިފިއެވެ.
ޣައްޒާގައި ހުންނަ "ވަގުތު" ގެ ނޫސްވެރިޔާ ވަފާ އަލްއުދައިނީ ބުނީ މިއަދުގެ މުޒާހަރާގެ ތެރެއަށް އިސްރާއީލް ސިފައިން ބަޑި ޖެހުމުން ޒަހަމްވި މީހުންގެ އަދަދު 70 އަރާކަން މިހާރު ޣައްޒާގެ ހެލްތު މިނިސްޓްރީން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ. އޭގެ ތެރެއިން 40 އަށް ވުރެ ގިނަ މީހުންގެ ގަޔަށް ވަނީ ވަޒަން އަރަން އަރާފައެވެ.
"ޒަހަމްވި މީހުންގެ ތެރޭގައި މުޒާހަރާގެ ބައިވެރިންނަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދެމުން ގެންދިޔަ ތިން ޕެރަމެޑިކުން ވެސް ހިމެނޭ. އޭގެ ތެރެއިން އެކަކީ އަންހެނެއް. އޭނާގެ ބޯ ވަނީ ވަރަށް ބޮޑަށް ޒަހަމް ވެފައި." ވަފާ ބުންޏެވެ.
(ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ