މައްސަލަ ހައްލުކޮށް ކަރަންޓު ދީފި

ބ. އޭދަފުށީ އިންޖީނުގޭގައި ކަރަންޓް ދެމުންގެންދާ ޖަނަރޭޓަރަކަށް ދިމާވި މައްސަލަ މުޅިން ހައްލުވެ، ކުރިއެކޭ ވެސް އެއްގޮތަށް މިހާރު ރަށުގެ ހުރިހާ ސަރަހައްދަކަށްވެސް ކަރަންޓް ލިބޭނެ ކަމަށް އޭދަފުށީ އިންޖީނުގެއިން  ބުނެފި އެވެ.
ފެނަކަ އޭދަފުށީ އިންޖީނުގޭގެ އިސް
އޮފިޝަލަކު ވިދާޅުވީ އޭދަފުށީގެ އެކި ސަރަހައްދުތަކުން ކަރަންޓް
ކަނޑަން ޖެހުނީ ޖަނަރޭޓަރަށް ދިމާވި ޓެކްނިކަލް މައްސަލަކާ ގުޅިގެން ކަމަށެވެ. ނަމަވެސް
ރޭ ދަންވަރުން މައްސަލަ ހައްލުކޮށް މިހާރު ވަނީ ހުރިހާ ސަރަހައްދުތަކަށް ކަރަންޓް
ދޫކޮށްފަ އެވެ.
ޖަނަރޭޓަރަށް ދިމާވި މައްސަލަ އާ
ގުޅިގެން ހޮނިހިރު ދުވަހުގެރޭ ދަންވަރުން ފެށިގެން ރަށުގެ އެކި ސަރަހައްދުތަކުން  ދޭތެރޭ ދޭތެރެއިން އިންޖީނު ގެއިން ދިޔައީ ކަރަންޓް
ކަނޑަމުންނެވެ.
ޖަނަރޭޓަރަށް
ދިމާވި މައްސަލައާ ގުޅިގެން ކަރަންޓް ކަނޑަން ޖެހުމުގެ ސަބަބުން އާއްމުންނަށާއި
ވިޔަފާރިވެރިންނަށް ވަނީ ދަތިތައް ކުރިމަތިވެފަ އެވެ.
ކޮންމެ އަހަރަކުވެސް ހޫނު ގަދަ ދުވަސްވަރު ޖަނަރޭޓަރުތަކަށް ބާރުބޮޑުވެ،
ކަރަންޓް ކެނޑުމުގެ މައްސަލަ މިރަށުގައި ކުރިން ވެސް ދިމާވެ އެވެ. އެކަން
ހައްލުކުރަން މިދިޔަ އަހަރު މިދިޔަ އަހަރު އާ ޖަނަރޭޓަރެއް ގެނެސް ކެޕޭސިޓީ އިތުރު
ވެސް ކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ