ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފިއެވެ.
މިގޮތަށް ފާސްކުރީ މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
އެ އިސްލާހުގައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތުން ހަތް ފަނޑިޔާރުން ކަމަށް ކަނޑައަޅުމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ އަދަދު ފަހަކުން ހަތަކަށް އިތުރު ކުރަން ހުށަހެޅީ 2010 ވަނަ އަހަރު ސުޕްރީމް ކޯޓު އެކުލަވާލިއިރު ހަތް ފަނޑިޔާރުން ތިއްބަވަނިކޮށް 2014 ވަނަ އަހަރު ސިޔާސީ މަގްސަދެއްގައި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނެސް، ދެ ފަނޑިޔާރު ވަކި ކޮށްފައިވާތީ ކުރިން އޮތްގޮތަށް އިއާދަ ކުރުމަށެވެ.
އެ އިސްލާހަށް އެއްވެސް ބަދަލެއް ނުގެނެސް، އެ ކޮމެޓީން އެ އިސްލާހް ފާސްކުރިނަމަވެސް ދެ ފަނޑިޔާރުން އިތުރުވުމުން އެކަމަށް އިތުރު ހަރަދެއް ހިނގާނެތީ އެކަމާއި ގުޅޭގޮތުން ކޮމިޓީން ވަނީ ފިނޭންސް މިނިސްޓްރީގެ ލަފައެއް ހޯދާފައެވެ.
އެގޮތުން ސިޓީއެއް މެދުވެރިވެރިކޮށް ފިނޭންސް މިނިސްޓަރ ވިދާޅުވެފައި ވަނީ، ސުޕްރީމް ކޯޓަށް އިތުރުކުރާ ދެ ފަނޑިޔާރުންގެ ހަރަދަކީ ދައުލަތުގެ ބަޖެޓަށް އިތުރު ބުރައަކަށް ނުވާނެކަމަށެވެ. އެހެންވެ ފިނޭންސް މިނިސްޓްރީން ދީފައިވާ ލަފާގެ މަތިން ކޮމިޓީން ވަނީ އިސްލާހް ފާސްކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރަން ކޮމެޓީން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ