ސުޕްރީމް ކޯޓުން ކުރެއްވި ކަންތައްތަކަކީ ކުރީގެ ރައީސް ޔާމިން އާއި އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ގުޅިވަޑައިގެން ހިންގެވި "ކުޑަ ކުޑަ ވިޔަފާރިތަކެއްގެ" ގޮތުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ސިފަކުރައްވައިފިއެވެ.
ސުޕްރީމް ކޯޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ މިއަދު މަޖިލިސް ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަލީ ހަމީދުގެ ބައިވެރިވަޑައިގަތުމާއެކު "ކަންމަތީ ސްޓޯރެއް" ގޮތަށް ސުޕްރީމް ކޯޓު ހިންގެވީ ރައީސް ޔާމީނާއި އަބްދުﷲ ސައީދު ކަމަށެވެ.
"އޭރު ސުޕްރީމް ކޯޓުން ކުރެއްވި ކަންތައްތަކަކީ ކުރީގެ ރައީސް ޔާމިން އާއި އަބްދުﷲ ސައީދު ގުޅިވަޑައިގެން ހިންގެވި "ކުޑަ ކުޑަ ވިޔަފާރިތަކެއްގެ" ގޮތުގައި " ޖާބިރު ސިފަ ކުރެއްވިއެވެ.
އިންސާނީ ހައްގުތަކުގެ ވާހަކަ ދައްކާއިރު އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވަނީ، ކޯޓަކީ އޭނާ ގެންގުޅޭ ފިހާރައެއް، ކަންމަތީ ސްޓޯރަކަށް ހަދައި ކޯޓުތަކަށް ނުފޫޒު ފޯރުވައިގެން ސުމޯޓޯއޭ ކިޔައިގެން ހުކުމްތައް ކުރެއްވި ކަމަށް ޖާބިރު ވިދާޅުވިއެވެ.
"އިންސާނީ ހައްގުތަކަކީ ވަކި ބަޔަކަށް ލިބެން ޖެހޭ އެއްޗެއްތޯ އެ ކަންތައްތަކަކީ ދެންތިބި ފަނޑިޔާރުންގެ ބޮލުގައި އެޅެންޖެހޭ ކަމެއް ނޫން. ގިނަ ފަހަރު ފަނޑިޔާރުގެއޭ ސުމޯޓޯއޭ ކިޔާފައި ފަތިސް ދަޅައިގައި ވެސް ހުކުމް ކުރަމުން ގެންދެވީ" ޖާބިރު ވިދާޅުވިއެވެ.
"ކަންމަތީ ސްޓޯރެއް" ގޮތަށް ސުޕްރީމް ކޯޓު ހިންގެވީ ރައީސް ޔާމީން - ޖާބިރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ