ނާޒިމް މި ރާވަނީ އަނެއްކާވެސް ބަގާވާތެއް - މެމްބަރު އިބްރާީމް ރަޝީދު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބޭ އިނާޔަތް އިތުރަށް ބޮޑު ކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހަށް ދަނގެތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހުށަހެޅުއްވި ބިލަކީ އިތުރު ބަގާވާތެއް ރާވަން ހުށަހެޅި ބިލެއް ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާީމް ރަޝީދު ވިދާޅުވެއްޖެއެވެ.
މި ބިލާމެދު ބަހުސް ކުރައްވަމުން އިބްރާހިމް ރަޝީދު ވިދާޅުވީ ނާޒިމު މިހާރު މި ރާވަނީ އަނެއްކާވެސް ބަގާވާތެއް ކަމަށާއި ފިތުނައެއް އުފައްދައިގެން މީގެން އަނެއްކާވެސް އެއްޗެއް ނެރެވޭތޯ ބަލާ ކަމަށެވެ.
"ސަރުކާރުންވެސް ބޭނުންހާ ހަރަދެއް ނުކުރެވޭނެ އެއްވެސް ޝަރުތެއް ނެތި އިސްތިއުފާ ދޭން ގޮވާލައްވާ އެތައް ބަޔެއްގައިގައިތަޅާ އަނިޔާކުރި އިރު އިހުސާންތެރިކަން ކޮބައިތޯ ނާޒިމްގެ ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ދަށުން ބަލައިގަނެވޭނެ ބިލެއް ނޫން މިއިކީ" މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވިއެވެ
2012 ވަނަ އަހަރުގެ ފެބުރުއަރީ 7 ވަނަ ދުވަހު އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވެރިކަމުން ދުރުކުރަން މަސައްކަތް ކުރި މީހުންގެ ތެރޭގައި ނާޒިމް ހިމެނޭ ކަމަށް އެމްޑީޕީން އިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ