އަބްދުﷲ ޖަމީލްބ. އޭދަފުށީ އަރާއިރު އަބްދުﷲ
ޖަމީލް (އަބުއްޅޯ) މިއަދު ނިޔާވެއްޖެ އެވެ.
އާންމުންނާ ވަރަށް އެކުވެރިކޮށް ދިރިއުޅުނު، ޢަބްދުﷲ ޖަމީލް ނިޔާވީ މިއަދު ހެނދުނު އިންޑިޔާގެ ޓްރިވެންޑްރަމްގަ އެވެ. އަބްދުﷲ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ހޯދަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ.
އޭދަފުށި މަލްޓިޕާޕަސް ބިލްޑިން ގެ މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރަމުން އަންނަ އަބްދުﷲ ޖަމީލަކީ މީގެ އެގާރަ ވަރަކަށް އަހަރުކުރިން ފެށިގެން މިރަށު މަސްޖިދު ޔޫސުފްގައި ރޯދަވީއްލުމުގެ އިންތިޒާމްތައް ހަމަޖައްސައިދެމުން އައި ފާހަގަކޮށްލެވޭ ޚިދުމަތްތެރިއެކެވެ. އޭނާގެ ހިތްހެޔޮކަން، މިރަށު މީހުންގެ ހަނދާނުގައި އަބަދުވެސް ދެމިންނާނެ އެވެ.
އީޓީއަށް ކުރިން ދިން އިންޓަވިއުއެއްގައި އަބްދުﷲ ޖަމީލް ބުނިގޮތުގައި މިރަށު މަސްޖިދު ޔޫސުފްގައި ރޯދަވީއްލުމުގެ އިންތިޒާމް ޢަބްދުﷲ ހަމަޖައްސައި ދޭންފެށީ އެއީ ދަރުމައާއި ސަވާބު އިތުރުވެގެންވާ މަސައްކަތެއްކަން އޭނާ އަށް އިހްސާސް ކުރެވުމުންނެވެ.
އެންމެ ހެޔޮ އެއް މަސައްކަތުގައި 10 އަހަރު
އޭނާ ނިޔާވި އިރު
އަންބަކާއި އަންހެން ދަރިއަކު ދުނިޔޭގައި ހުއްޓެވެ.
އަލްމަރުޙޫމް އަބްދުﷲ ޖަމީލްގެ ފުރާނައަށް މާތްﷲ
ރަޙުމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާ ކުރަމެވެ.
އާއިލާގެ މެމްބަރުންނަށް އީޓީގެ ފަރާތުން، އިޚްލާޞްތެރިކަމާއެކު ތައުޒިޔާ
ރައްދުކުރަމެވެ.
އޭދަފުށީ އަބްދުﷲ ޖަމީލް ނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ