މޫސުން ގޯސްވުމުގެ ސަބަބުން ފުރާނައަށް ނުރައްކާވާ ފަދަ ކަނޑުމަތީގެ ހާދިސާތަށް އަންނަނީ ހިނގަމުން - އެމްއެންޑީއެފް

މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން، މީހުންގެ ފުރާނައަށް ނުރައްކާވާފަދަ ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ހިނގަމުން އަންނަ ކަމަށް، އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ، މިއަދު އިރުއޮއްސުނު ވަގުތު މާލެ ސަރަހައްދައް ވައިގަދަވެ، ކަނޑުގަދަވުމުގެ ސަބަބުން ތިލަފުށީ ނެރުމައްޗަށް ދޯންޏެއް ބަންޑުން ޖަހާލުމުގެ ހާދިސާއެއް ވަނީ ހިނގާފައި ކަމަށެވެ. މި ހާދިސާ ހިނގިއިރު އެ ދޯނީގައި ތިބި ފަސް މީހުން ކޯސްޓްގާޑުން ވަނީ ސަލާމަތްކޮށްފައި ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.
އަދި ތިލަފުށީ ފަޅުގައި އަޅާފައި އޮތް ތިން ދޯންޏެއްގެ ވައު ކަނޑައިގެންގޮސް ފަރުމައްޗަށް ލައްވުމުގެ ހާދިސާއެއްވެސް ވަނީ ހިނގާފައި ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. އަދި ކަނޑުގަދަވެ މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގަމުން އަންނަކަމަށް ވެސް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ