ރެއާލްގެ ކުރިމަގު ބިނާވެފައި އޮތީ ހޯދާ ތަށީގެ އަދަދެއްގެ މައްޗަކަށް ނޫން – އެންޗެލޯޓީ

ރެއާލް މެޑްރިޑްގެ ކުރިމަގު ބިނާވެފައި އޮތީ ހޯދާ ތަށީގެ އަދަދެއްގެ މައްޗަށް ނޫން ކަމަށް، ރެއާލްގެ ކޯޗު ކާލޯ އެންޗެލޯޓީ ބުނެފިއެވެ.
2013 ވަނަ އަހަރު ޕީއެސްޖީން ރެއާލްއަށް ބަދަލުވި އެންޗެލޯޓީ ވަނީ، އެޓީމުގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި ސްޕެނިޝް ކަޕް އަދި ޗެމްޕިއަންސް ލީގް އެޓީމަށް ކާމިޔާބުކޮށްދީފައެވެ.
އެންޗެލޯޓީ ރެއާލްއާއެކު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު އަންނަ ސީޒަނުގެ ނިޔަލަށް ހަމަވާއިރު، އެންޗެލޯޓީ ބުނީ އަވަސް އަރުވާލައިގެން ކޮންޓްރެކްޓް އާކުރުމަށް ނުވިސްނާ ކަމަށެވެ. އަދި އޭނާގެ ކުރިމަގު ބިނާވެފައި އޮތީ ހޯދާ ތަށީގެ އަދަދުގެ މައްޗަށް ނޫންކަމަށް ވެސް އިޓަލީއަށް އުފަން ކޯޗު ބުންޏެވެ.
"ރެއާލްއަށް އައި ފުރަތަމަ ދުވަހު ވެސް އެނގޭ ތަށިތައް ހޯދައިދޭން ޖެހޭނެ ކަން. އަހަރެން ކޯޗުކޮށްދޭ ކޮންމެ ޓީމަކަށް ވެސް ތަށި ހޯދައިދޭން މަަސައްކަތްކުރަނީ ވެސް. އެއީ އަހަރެންގެ އަމާޒަކީ" އެންޗެލޯޓީ ބުންޏެވެ.
ކޮންޓްރެކްޓް އާކުރުމާ ގުޅޭގޮތުން އެންޗެލޯޓީ ބުނީ، އޭނާ ރެއާލްއާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަދި 18 މަސް ދުވަސް އެބައޮތް ކަމަށާއި، އަވަސް އަރުވާލައިގެން ކޮންޓްރެކްޓް އާކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
"ކޮންޓްރެކްޓް އާކުރުމުގެ ވާހަކަތައް ދައްކަން އެންމެ ރަނގަޅު ވާނީ ސީޒަން ނިމުމަށްފަހު. ސީޒަން ނިމުމަށްފަހު ވެސް އެ ވާހަކަތައް ކުރިއަށް ނުގެންދިޔަ ނަމަވެސް ހާހެއް ނުވޭ. ސަބަބަކީ އަހަރެން އެބައޮތް 2016 ވަނަ އަހަރާ ހަމައަށް ކޮންޓްރެކްޓެއް ހަދާފަ" އެންޗެލޯޓީ ބުންޏެވެ.
މަސްދަރު: ގޯލްޑޮޓްކޮމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ