ތޫނިސްގެ ރައްޔިތުން ތާރީހީ އިންތިހާބުގައި ވޯޓުލާން ފަށައިފި

އަރަބި ބަހާރުގައި ތޫނިސްގައި ބޭއްވޭ ފުރަތަމަ މިނިވަން އިންތިހާބުގައި ވޯޓުލުން ފެށިގެން ކުރިޔަށް އެބަދެއެވެ. މިއީ އެ ގައުމުގެ ވެރިކަމުގައި ކުރީން ހުންނެވި ޒައިނުލްއާބިދީން ބިން ޢަލީގެ ވެރިކަން ނިމުމަށް ފަހު އެ ގައުމުގައި ބޭއްވޭ ފުރަތަމަ އިންތިހާބެވެ.
އައު ގާނޫނުއަސާސީ އެކުލަވައިލާނެ 217 ގޮނޑީގެ މަޖިލީހަށް މި އިންތިހާބުގައި މެންބަރުން އިންތިހާބު ކުރެވޭއިރު، ވަގުތީ ސަރުކާރެއް ވެސް އިންތިހާބު ކުރެވޭނެއެވެ.
މި އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯދާނެ ކަމަށް ބެލެވެނީ އިސްލާމީ ޕާޓީން ކަމަށް ބީބީސީން ބުނެއެވެ. އެހެން ނަމަވެސް އެއްވެސް ބަޔަކަށް ބޮޑު އަޣުލަބިއްޔަތެއް ލިބޭނެތޯ އެއީ ސުވާލެއް ކަމަށް މުހައްލިލުން ވިދާޅުވެއެވެ.
މިނިވަން އިންތިހާބެއްގައި ވޯޓުލެވޭތީ ތޫނިސްގެ ގިނަ ރައްޔިތުން ތިބީ ވަރަށް ބޮޑަށް އުފާވެފައެވެ. އުމުރުން ދުވަސްވީ އެތައް ބަޔަކު ވެސް ވޯޓުލުމަށް ޓަކައި ކިޔުގައި އެތައް އިރެއް ވަންދެން ތިބިކަން ފާހަގަ ކުރެވިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ