ސިޔާސީ އެއްވެސް ބަޔަކާ ގުޅެން ފައިސާއަކަށް ނޭދޭ ކަމަށާއި އެފަދަ ގޮތަކަށް ފައިސާއެއް ލިބިފައިވެސް ނުވާކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީޓްގައި ވިދާޅުވެފައިވަނީ އެފަދަ ތުހުމަތު ތަކަކީ ދޮގު ތުހުމަތު ތަކެއް ކަމަށެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިމިވަނީ މިއަދު އަލްޖަޒީރާގައި ޝާއިއު ކޮށްފައިވާ ރިޕޯޓަކާއި ގުޅިގެން ކަމަށް ބެލެވެ އެވެ.
އަލްޖަޒީރާއިން މިއަދު ޝާއިޢުކޮށްފައިވާ ރިޕޯޓެއްގައި އިތުބާރުހުރި މަސްދަރުތަކާ ހަވާލާދީ ބުނެފައިވަނީ ރައީސް މައުމޫން އިދިކޮޅު ފަރާތްތަކާ އެއްގަލަކަށް އެރުވުމުގެ މަސައްކަތް ރައީސް ނަޝީދު ފެއްޓެވީ މި އަހަރުގެ ކުރީކޮޅު ކަމަށާއި އެ މަޝްވަރާތަކުގެ ކަންކަން ހާސިލް ކުރުމުގެ އިތުބާރެއްގެ ގޮތުން، ނަޝީދުގެ ކިބައިން މައުމޫން އެއްލައްކަ ޑޮލަރު ދިނުމަށް އެދުނު ކަމަށް ތުހުމަތު ކޮށްފައި ވެ އެވެ.
އަދި ފައިސާގެ ތެރެއިން 50 ހާސް ޑޮލަރު ރައީސް ނަޝީދު ރައީސް މައުމޫންއަށް ދެއްވި ކަމަށް އަލްޖަޒީރާއަށް އިތުބާރު ހުރިގޮތަކަށް އެނގިފައިވާ ކަމަށް ވެސް އެ ލިޔުމުގައި ބުނެފައި ވެ އެވެ.
އެއްވެސް ސިޔާސީ ބަޔަކާ ގުޅެން ފައިސާއަކަށް ނޭދެން، އަދި ފައިސާއެއް ނުވެސް ލިބޭ: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ