މިއަދު ދުނިޔޭގައި ގިނަ ބައަކު އުޅެމުން މިދަނީ އެންމެ ބޮޑު ކަންތަކަށް ވިސްނައިވެސް ނުލައެވެ. އެއީ ކޮންމެ ވަޤުތަކުވެސް މަރުވެދާނެކަމެވެ. އެހެންވެ ދަރަންޏާއި ލޯނު ނެގުން މިއޮތީ ޘަޤާފަތަކަށްވެފައެވެ. ފެޝަނަކަށްވެފައެވެ. މިޙާލަތުގައި ކޮންމެ މީހަކު މަރުވި ނަމަވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހިފައި މިވަނީ އޭނާގެ ދަރަންޏާއިމެދުގައެވެ.
ޢާއިލާގެ މީހަކު ނުވަތަ ގާތް މީހަކު މަރުވުމުން އެމީހަކަށްޓައި ކޮށްދެވޭނެ އެންމެ ހެޔޮ އަމަލަކީ ކޮބައިކަމާއިމެދު ސުވާލުކުރާ މީހުންނަށް ބުނެލަން އޮތް އަހުރެންގެ ވިސްނުމަކީ އެންމެ މުހިންމު ކަމަކީ އޭނާ ސުވަރުގެ ވަނުމަށް އޮތްކަން ކަނޑައެޅިގެން އެނގޭ ހުރަހެއް އޮތް ނަމަ އެ ހުރަސް ނައްތައިލުމެވެ.
އެގޮތުން މިފާހަގަކުރަނީ އޭނާގެ ދަރަންޏާއި މީސްތަކުންނަށް އަދާކުރަންޖެހޭ ޙައްޤުތަކެވެ.
މީހަކު މަރުވުމުން ކުރަން އެންމެ މުހިންމު އެއް ކަމަކީ އެމީހެއްގެ ދަރަންޏެއް އޮތްތޯ ބަލައި އެދަރަނި އަދާކޮށްދޭން މަސައްކަތް ކުރުމެވެ. ދަރަނި އަދާކޮށްދިނުމެވެ. އެމީހެއްގެ ތަނަވަސްކަން ހުރި މިންވަރަކުން އެކަމުގައި ބައިވެރިވުމެވެ. އެހެނީ ﷲ ތަޢާލާގެ މަގުގައި ޝަހީދުވާ ޝަހީދުންގެ ހުރިހާ ފާތަކެއް ފުއްސވައި ދެއްވަވާއިރުވެސް ދަރަނި ފުއްސަވައެއް ނުދެއްވަވައެވެ. ދަރަނި އަދާކުރަން ޖެހެއެވެ.
ރަސޫލް (ﷺ) މީހެއްގެ މައްޗަށް ކަށުނަމާދުކުރައްވަވައި ދެއްވެވުމަކީ އެމީހަކަށް ުވަރުގެ ދެއްވަވާނެ ކަމެކެވެ. އެހެންކަމާއިއެކުވެސް ދަރަންޏެއް އޮތް ޞަހާބީއެއްގެ ކަށުނަމާދު ކުރައްވަވަން ރަސޫލް (ޞޢވ) ފަސްޖެހިވަޑައިގަތެވެ. ޞަޙާބީންގެ އެދިވަޑައިގަތުމަށް ރަސޫލް (ﷺ) އެޞަޙާބީގެ ކަށުނަމާދުކުރައްވަވައި ދެއްވެވީ އެހެން ޞަޙާބީއަކު އެދަރަނި އަދާކުރެއްވެވުމަށް ޙަވާލުވެވަޑައިގަތުމުންނެވެ. އަދި އެދަރަނި އަދާކުރައްވަންދެން ދަރަނި އަދާކުރައްވައިފިންތޯ ސުވާލުކުރައްވަމުން ގެންދެވިއެވެ.
އެންމެ މުހިންމީ ދަރަނި އަދާކުރައްވަވައިފިންކަމަށް ދެންނެވުމުން ޙަދީޘްފުޅުކުރެއްވެވިއެވެ. "މިހާރު އޭނާގެ ހަމަ ފިނިކަން ލިބިއްޖެއެވެ."
The Prophet (peace and blessings of Allaah be upon him) refrained from offering the funeral prayer for one who had died owing two dinars, until Abu Qataadah (may Allaah be pleased with him) promised to pay it off for him. When he saw him the following day and said, I have paid it off, the Prophet (peace and blessings of Allaah be upon him) said: “Now his skin has become cool for him.”
Musnad Ahmad (3/629); classed as hasan by al-Nawawi in al-Khalaasah (2/931) and by Ibn Muflih in al-Adaab al-Shar’iyyah (1/104).
މިކަމުންވެސް އެނގިގެންދަނީ ދަރަނީގެ ހުރި ނުރައްކާތެރިކަން ބޮޑުކަމެވެ. ސުވަރުގެ ލިބުމަށް އޮތް ހުރަހެވެ.
ބައެއް ޢިލްމުވެރިން ބަޔާން ކުރައްވަވާ ގޮތުގައި ދަރަނީގެ ތެރޭގައި މީސްތަކުންގެ ޙައްޤުތައްވެސް ހިމެނެއެވެ. ވީމާ އެމީހެއްގެ ސަބަބުން އެއްވެސް މީހެއްގެ އެއްވެސް ޙައްޤެއް ގެއްލިފައިވާނަމަ ޙައްޤު ގެއްލިފައިވާ މީހާގެ ކިބައިން މަޢާފް ހޯދައި ދިނުމަކީވެސް މައްޔިތުންނަށްޓަކައި ކުރެވިދާނެ ވަރަށް ހެޔޮ ކަމެކެވެ.
މަރުވީ މީހާގެ ފާފަފުއްސަވައި ދެއްވެވުން އެދި ދުޢާކުރަންވާނެއެވެ. އެހެނަސް އަހުރެންގެ ނަޒަރުގައި މަރުވި މީހާއަށް ހެޔޮ އެދިގެން ކުރުން އެންމެ މުހިންމު ދެކަމަކީ އޭނާގެ ދަރަނިތައް އަދާކޮށްދިނުމާއި އޭނާގެ ކިބައިގައިވާ މީސްތަކުންގެ ޙައްޤުތަކަށް މާފު ހޯދައިދޭން މަސައްކަތްކުރުމެވެ.
Abdullah ibn Amr reported: The Messenger of Allah, peace and blessings be upon him, said, “The martyr is forgiven for every sin except debt.”
Source: Ṣaḥīḥ Muslim 1886
Grade: Sahih (authentic) according to Muslim
Al-Nawawi said, “In this is a warning in regards to all the rights of human beings, that jihad, martyrdom, and other deeds of righteousness do not expiate violations against the rights of human beings. Indeed, they only expiate violations against the rights of Allah Almighty.”
Source: Sharḥ al-Nawawī ‘alá Ṣaḥīḥ Muslim 1885
عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ يُغْفَرُ لِلشَّهِيدِ كُلُّ ذَنْبٍ إِلَّا الدَّيْنَ
1886 صحيح مسلم كتاب الإمارة باب من قتل في سبيل الله كفرت خطاياه إلا الدين
قال النووي فَفِيهِ تَنْبِيهٌ عَلَى جَمِيعِ حُقُوقِ الْآدَمِيِّينَ وَأَنَّ الْجِهَادَ وَالشَّهَادَةَ وَغَيْرَهُمَا مِنْ أَعْمَالِ الْبِرِّ لَا يُكَفِّرُ حُقُوقَ الْآدَمِيِّينَ وَإِنَّمَا يُكَفِّرُ حُقُوقَ اللَّهِ تَعَالَى
1885 شرح النووي على مسلم
Narrated Salama bin Al-Akwa:
Once, while we were sitting in the company of Prophet, a dead man was brought. The Prophet (ﷺ) was requested to lead the funeral prayer for the deceased. He said, "Is he in debt?" The people replied in the negative. He said, "Has he left any wealth?" They said, "No." So, he led his funeral prayer. Another dead man was brought and the people said, "O Allah's Messenger (ﷺ)! Lead his funeral prayer." The Prophet (ﷺ) said, "Is he in debt?" They said, "Yes." He said, "Has he left any wealth?" They said, ''Three Dinars." So, he led the prayer. Then a third dead man was brought and the people said (to the Prophet (ﷺ) ), Please lead his funeral prayer." He said, "Has he left any wealth?" They said, "No." He asked, "Is he in debt?" They said, ("Yes! He has to pay) three Diners.', He (refused to pray and) said, "Then pray for your (dead) companion." Abu Qatada said, "O Allah's Messenger (ﷺ)! Lead his funeral prayer, and I will pay his debt." So, he led the prayer.
Reference
: Sahih al-Bukhari 2289
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ޢާއިލާގެ މީހަކު ނަމަވެސް އެކުވެރިއަކު ނަމަވެސް މަރުވުމުން އެމީހަކަށްޓަކައި ކޮށްދެވިދާނެ އެންމެ ފައިދާހުރި ކަންތައް-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ