ޖަމާޢަތްތެރިން ތަމްރީނުކުރުމުގެ ޕްރޮގްރާމް އަންނަ މަހު ފަށަނީ

ޖަމާޢަތްތެރިން ތަމްރީނުކުރުމުގެ ޕްރޮގްރާމް އަންނަ މަހު ފެށުމަށް ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ނިންމައިފިއެވެ.
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ކުރި އިއުލާނެއްގައި ބުނީ މާލެ ސަރަހައްދަށް އަމާޒުކޮށްގެން 02 ފެބްރުއަރީ 2025 ގައި ޖަމާޢަތްތެރިކަމުގެ އައުބުރެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެހަފްތާގެ މުއްދަތަށް ކަމަށާއި މި ޕްރޮގްރާމްގެ ކިޔެވުން ކުރިއަށް ދާނީ ރަސްމީ ކޮންމެ ދުވަހެއްގެ ރޭގަނޑު 20:15 އިން 21:15 އަށް ކަމަށްވެސް ވަނީ ބުނެފައެވެ.
ޖަމާޢަތްތެރިން ތަމްރީންކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމްތަކުގައި ކަށުކަމާކެމީގެ ކަންކަމާގުޅޭ ފިޤުހީ ޢިލްމުތައް ދަސްކޮށްދެވޭނެއެވެ. އެގޮތުން ހިނެވުމާއި، ކަށު ނަމާދުކުރުމާއި، ވަޅުލުމުގައި ޢަމަލުކުރަންޖެހޭ ގޮތް ކިޔަވައިދެވި ޢަމަލީ ތަމްރީންތަކެއް ބައިވެރިންނަށް ކުރިއަށް ގެންދެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ