މެލްބާން (ޖެނުއަރީ 20) - މިހާރު ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލުގައި ސާބިއާގެ ނޮވަކް ޖޮކޮވިޗް އާއި ސްޕެއިންގެ ކާލޮސް އަލްކަރާޒް ބައްދަލުކުރަން ޖެހިއްޖެ އެވެ.
ގަދަ 16 ބުރުގައި، ޖޮކޮވިޗް ވަނީ ޗެކް ރިޕަބްލިކްގެ ޖިރީ ލެހެކާ އަތުން އުނދަގޫ މޮޅެއް ހޯދައިފަ އެވެ. މި މެޗުގެ ސެޓުތައް ގޮސްފައިވަނީ، 6-3 6-4 7-6 (7-4) އިންނެވެ.
ކުއާޓާ ފައިނަލުގެ ޖާގައެއް އަލްކަރާޒް ހޯދައިފައިވަނީ، ގަދަ 16 ގައި ޖެކް ޑްރެޕާއާ ދެކޮޅަށް ކުޅެ މޮޅުވެގެންނެވެ.
އެގާރަ ފަހަރު އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކުރި ޖޮކޮވިޗް އާއި، އެ ގައުމުގެ ސަޕޯޓަރުންނަށް އޮސްޓްރޭލިއަން އޯޕަންގެ އޮފިޝަލް ބްރޯޑްކާސްޓަރު، ޗެނަލް ނައިންގެ، ސްޕޯޓްސް ޕްރެޒެންޓަރު، ޓޯނީ ޖޯންސް ވަނީ މަލާމަތްކޮށްފަ އެވެ. އެކަމާ އޮންއެއޭގައި ޖޯންސް މައާފަށް އެދުނު ނަމަވެސް، ޖޮކޮވިޗް ވަނީ ޗެނަލް ނައިން އަށް މި ފަހަރުގެ އޮސްޓްރޭލިއަން އޯޕަންގައި އެއްވެސް އިންޓަވިއުއެއް ނުދޭން ނިންމައިފަ އެވެ.
"މީގެ ދުވަސްކޮޅެއް ކުރިން އޮސްޓްރޭލިއާގެ ވަރަށް މަޝްހޫރު ކުޅިވަރު ނޫސްވެރިއަކު ވަނީ ސާބިއާގެ ސަޕޯޓަރުންނާ ދިމާކޮށްލައި އަހަންނަށް ނިސްބަތްކޮށް މަލާމާތްކޮށްފައި. އެ މީހުންނަކީ އޮފިޝަލް ބްރޯޑްކާސްޓަރުން ކަމުގައި ވިޔަސް އަހަރެން ނިންމީ ޗެނަލް ނައިން އަށް އިންޓަވިއު ނުދެން، އަހަރެންގެ ހިތުގައި ޖިމް ކޮރިއާ އާއި އޮސްޓްރޭލިއާގެ ރައްޔިތުންނާ ދެކޮޅަށް ކަމެއް ނެތް،" ޖޮކޮވިޗް ބުންޏެވެ.
އެންމެ ފަހުން ކުޅުނު ދެ ވިމްބަލްޑަންގައި ވެސް އަލްކަރާޒް ވަނީ ފައިނަލުގައި ޖޮކޮވިޗް ބަލިކޮށްފަ އެެވެ. އެހެން ނަމަވެސް ޕެރިސް އޮލިމްޕިކްސް ސިންގަލްސް ފައިނަލުގައި ޖޮކޮވިޗް ވަނީ އަލްކަރާޒް ބަލިކޮށްފަ އެވެ.
އޮސްޓްރޭލިއަން އޯޕަން ކުއާޓާގައި އަލްކަރާޒާއި ޖޮކޮވިޗްގެ ކުރިމަތިލުމެއް އޮސްޓްރޭލިއަން އޯޕަން ކުއާޓާގައި އަލްކަރާޒާއި ޖޮކޮވިޗްގެ ކުރިމަތިލުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ