ބައެއް އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ހުދުސަމާލު!

ރާއްޖޭގެ އެންމެ އުތުރުން، ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، އެ ސަރަހައްދުތަކަށް ހުދުސަމާލު މޫސުމާބެހޭ ގައުމީ އިދާރާއިން އިއުލާންކޮށްފިއެވެ.
މި ސަމާލު ދެމިއޮންނާނީ، މިއަދު ހަވީރު 16:30 އިން ރޭގަނޑު 22:30 އާއި ހަމަޔަށެވެ.
މެޓް އޮފީހުން ބުނެފައި ވަނީ، ހުދު ސަމާލު ނެރެފައިވާ ސަރަހައްދަށް، 19 މޭލާއި 24 މޭލުގެ ދެމެދުގައި ބާރުމިނަށް ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މީގެއިތުރުން، ހުދު ސަމާލު ނެރެފައިވާ ސަރަހައްދުތަކުގައި ވިލާގަނޑުގައި، ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެކަމަށް އެ އިދާރާއިން ވަނީ އަންގައިފައެވެ.
ރާއްޖެއަށް މިހާރު މި ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި، ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ހއ. އަތޮޅުން ފެށިގެން ވ އަތޮޅަށް ހުދުސަމާލު އިއުލާންކޮށްފައެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ކަނޑުގެ ދަތުރުފަތުރު ކުރަން ރާވާފައިވާ ފަރާތްތަކަށް މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ