ރާޢްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ހއ. އިން ދ އަތޮޅަށް ހުދު ސަމާލު!

މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ސަރަހައްދަަކަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު އިއުލާންކޮށްފިއެވެ.
މި ދުވަސްވަރުގައި ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ބާރުގަދަވެ، މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ހއ. އަތޮޅުން ދ އަތޮޅަށް ހުދު ސަމާލު އިއުލާންކޮށްފައެވެ. އެގޮތުން، މި ސަމާލު ދެމި އޮންނާނީ، މިއަދު ހަވީރު 15:30އިން މިރޭ 9:00 ޖެހުމުގެ ނިޔަލަށެވެ.
މެޓް އޮފީހުން ބުނެފައި ވަނީ، ހުދު ސަމާލު ނެރެފައިވާ ސަރަހައްދަށް، 19 މޭލާއި 24 މޭލުގެ ދެމެދުގައި ބާރުމިނަށް ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މީގެއިތުރުން، ހުދު ސަމާލު ނެރެފައިވާ ސަރަހައްދުތަކުގައި ވިލާގަނޑުގައި، ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެކަމަށް އެ އިދާރާއިން ވަނީ އަންގައިފައެވެ.
ރާއްޖެއަށް މިހާރު މި ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި، ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި، ހއ އިން ތ އަދި ދ އަތޮޅަށް ވަނީ ހުދު ސަމާލު އިއުލާންކޮށްފައެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ކަނޑުގެ ދަތުރުފަތުރު ކުރަން ރާވާފައިވާ ފަރާތްތަކަށް މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ