ހޮރްމޫޒް ކަނޑުއޮޅިއާ ގުޅޭގޮތުން ގަލްފުގެ ގައުމުތަކާއި ޖޯޑަން އިން، އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު، ރާއްޖެއިން ކޯ-ސްޕޮންސާކޮށްފި އެވެ.
ވީ ކިހިނެއް؟- އިރާނުން ކޮންޓްރޯލުކުރަމުން އަންނަ ހޮރްމޫޒް ކަނޑުއޮޅިއާ ގުޅޭގޮތުން ގަރާރު ހުށަހަޅާފައިވަނީ ކުވައިތާއި ގަތަރާއި ސައުދީ އަރަބިއްޔާ އާއި ޔުނައިޓެޑް އެރެބް އެމިރޭޓްސް އާއި ބަހުރައިންގެ އިތުރުން ޖޯޑަން އެވެ.
މިއީ ހޮރްމޫޒް ކަނޑުއޮޅި އާއި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން އަދި މިނިވަންކަމާއެކު އުޅަނދު ފަހަރު ދަތުރުފަތުރުކުރުމުގެ ހައްގުތަކާއި ބައިނަލްއަގުވާމީ ވިޔަފާރިއާއި މުދާ އުފުލާ ނިޒާމުތައް ހިމާޔަތްކުރުމާ ގުޅޭގޮތުން ހުށަހަޅާފައިވާ ގަރާރެކެވެ.
ފޮރިން މިނިސްޓްރީން ބުނިގޮތުގައި:
މި ގަރާރު ރާއްޖެއިން ކޯ-ސްޕޮންސާ ކުރަން ނިންމިޔަސް، އދ.ގެ ކަނޑުތަކުގެ މުއާހަދާ އާއި ގާނޫނުތަކާ ގުޅޭގޮތުން ރާއްޖެއިން ގަބޫލުކުރާ އުސޫލުތަކާއި ކަނޑުގެ ގާނޫނުގެ ދަށުން ރާއްޖެ ފަދަ، ޖަޒީރާ ގައުމުތަކަށް ލިބިގެންވާ ހާއްސަ ހައްގުތަކާއި އިހްތިސާސްތަކަށް އެއްވެސް އުނިކަމެއް ނާންނާނެ
އަދި ގަރާރު ކޯ-ސްޕޮންސާ ކުރަން ނިންމީ، އޭގެ ސަބަބުން ރާއްޖޭގެ ގައުމި މަސްލަހަތަށް ނުވަތަ ކަނޑުގެ ސަރަހައްދީ އިހްތިސާސަށް ނުވަތަ ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން ޖަޒީރާ ގައުމުތަކަށް ލިބިގެންވާ ހައްގުތަކަށް އަސަރުކޮށްފާނެ ފަދަ އެއްވެސް މާނަކުރުމަކަށް އަމަލުކުރަން ރާއްޖެއިން އިސްތިސްނާވާ ގޮތުގެ މަތިން
ފޮރިން މިނިސްޓްރީން ބުނީ ހަނގުރާމައިގެ ސަބަބުން ގަލްފު ސަރަހައްދުގެ މަސްރަހު އިތުރަށް ގޯސްވިޔަނުދީ، ބައިނަލްއަގުވާމީ ވިޔަފާރި އާއި މުދާ އުފުލާ ނިޒާމުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ސަބަބުން ކުރިމަތިވަމުންދާ ދަތިތައް ކުޑަކުރުމަށް އިސްކަން ދިނުމަށް ރާއްޖެއިން ބާރު އަޅަމުންދާ ކަމަށެވެ.
ހޮރްމޫޒް ކަނޑުއޮޅިއާ ގުޅޭ ގަރާރު ރާއްޖޭން ކޯ-ސްޕޮންސާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ