އެފްއޭ ކަޕްގެ ފައިނަލުގައި މިރޭ ޗެލްސީ އާއި ދެކޮޅަށް ނިކުންނައިރު ފައިނަލް މެޗަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގަޑިއޯލާ ބުނެފި އެވެ.
"ފައިނަލުގައި އަހަރުމެންނާއި ދެކޮޅަށް ނިކުންނަ ޗެލްސީ އާއި އެއްގޮތަށް ހަތް ދުވަސް ނެތް ފައިނަލް މެޗަށް ތައްޔާރުވާން ލިބިފަ. އެއީ ހަމަ ޔަގީނުންވެސް ލިބިގެންދާ ނުތަނަވަސް ކަމެއް." ގަޑިއޯލާ ބުންޏެވެ.
"ލީގު ކަޕްގެ ފައިނަލުގައި ކުޅެން ޖެހުމުގެ ސަބަބުން ޗެލްސީ އަށްވުރެ އިތުރު މެޗުތަކެއް ކުޅެން ޖެހުމުގެ ސަބަބުން މިކަން ދިމާވެފައި މިއޮތީ." ގަޑިއޯލާ އިތުރަށް ބުންޏެވެ.
އިނގިރޭސި ލީގު ކަޕްގެ ޗެމްޕިއަންކަންވެސް ހޯދާފައިވާ މެންޗެސްޓަރ ސިޓީ އިން މިރޭގެ ފައިނަލް މެޗަށް ނިކުނައިރު އެ ޓީމަށް ޕްރިމިއާ ލީގު ހޯދުމުގައިވެސް ހަނި ފުރުސަތެއް ވަނީ ލިބިފަ އެވެ.
ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި މިރޭގެ ފައިނަލަށް މެންޗެސްޓަރ ސިޓީ ނިކުންނައިރު މިދިޔަ ސީޒަނުގައިވެސް އެފްއޭ ކަޕްގެ ފައިނަލުގައި ސިޓީ ވަނީ ކުޅެފަ އެވެ. ނަމަވެސް ސިޓީ ބަލިކުރުމަށްފަހު މިދިޔަ ސީޒަނުގައި އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކްރިސްޓަލް ޕެލަސް އެވެ.
ގަޑިއޯލާ އިތުރަށް ބުނެފައިވަނީ މިރޭގެ މެޗުގައި ރޮޑްރީ ކުޅޭނެތޯ ނިންމާނީ އެންމެ ފަހު ވަގުތު ކަމަށެވެ.
ފައިނަލަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ނުލިބޭ: ގަޑިއޯލާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ