ހަތް އަހަރަށްފަހު، މި އަހަރު ފިލްމު ފެއާ އެވޯޑްސް ބޭއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު، ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރުވެވަޑައިގެން މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ހީނާ ވިދާޅުވީ ރާއްޖޭގެ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ހިތްވަރުދީ އެ މީހުންގެ މަސައްކަތްތައް ބަލައިގަތުމަކީ މި ސަރުކާރުގެ ވިސްނުން ކަމަށެވެ.
"އެހެންވީމާ މިހާރު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އެންސީއޭއާ އެކީގައި ފިލްމީ ދާއިރާގެ އެވޯޑު މި އަހަރު ބޭއްވުމަށްޓަކައި އެކަމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރަމުން މިދަނީ ޖަޖިންގެ ޕެނަލް ހުށަހެޅުމާއި މި އެވޯޑަށް ހުޅުވައިލުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް،" ހީނާ ވިދާޅުވި އެވެ.
ދިވެހިރާއްޖޭގައި އެންމެފަހުން ފިލްމުފެއާ އެވޯޑެއް ބޭއްވީ 2019 ވަނަ އަހަރު އެވެ. މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑުގެ އާލަމީ ވަބާއަށްފަހު އެ އެވޯޑެއް ނުބާއްވަ އެވެ.
ހީނާ ވިދާޅުވީ މި އަހަރުގެ ފިލްމު ފެއާ އެވޯޑު އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށެވެ.
ހަތް އަހަރަށްފަހު މި އަހަރު، ފިލްމު ފެއާ އެވޯޑު ބާއްވަން މަސައްކަތް ކުރަމުންދާ ކަމަށް ހީނާ ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ